advertisement

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަން އިގިރޭސިވިލާތުގެ  ޗެލްސީން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ޗެލްސީން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮނިހިރު ދުވަހު އަބޫދާބީގައި ކުޅެވުނު މިމުބާރާތުގެ ފައިނަލްމެޗްގައި ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ޕަލްމެއިރާސް 2 ލަނޑު 1 ލަނޑުން ބަލިކުރުމަށްފަހުގައެވެ.

މިމެޗްގައި ޗެލްސީން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 54 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލުކާކޫއެވެ.  

އެހެންނަމަވެސް މެޗުގެ 64 ވަނަ މިނިޓްގައި ޕަލްމެއިރާސް  އިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޕަލްމެއިރާސްގެ މިލަނޑަކީ  ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ޗެލްސީގެ ޕެނަލްޓީ އޭރިއާތެރެއިން ބޯޅައިގައި އަތްލުމުން، ވީޑީއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ ދެއްވި ޕެނަލްޓީ އަކުން ޕަލްމެއިރާސްގެ ރަފައެލް ވެއިގާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗްގެ 90 މިނިޓް ކުޅުން ނިމުނުއިރުވެސް ދެޓީމް 1 ލަނޑު 1 ލަނޑުން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ކުޅެވުނެވެ.

މިމެޗުން ޗެލްސީ މޮޅުވި ލަނޑު  އިތުރުވަގުތުގެ ދެވަނަ ހާފްގައި ( މެޗްގެ 117 ވަނަ މިނިޓްގައި ) ކާމިޔާބުކޮށްދިނީ ހަވާޓްޒް އެވެ. ޗެލްސީގެ މިލަނޑަކީ ޕަލްމެއިރާސްގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު ލުއާން އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އަކުން ހަވާޓްޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީ މިފަހަރުގެ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އިނގިރޭސި 2 ޓީމަކުން މީގެ ކުރިންވަނީ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.  އެއީ  2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާއި 2019 ވަނަ އަހަރު ލިވަޕޫލްއެވެ.

މިމުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާއަށެވެ..

 މިމުބާރާތުގެ ތިންވަނަ މަގާމު ހޯދި ޓީމަކީ އަލް އަހްލީއެވެ. ތިންވަނަ ހޮވި މެޗުގައި އަލް އަހްލީ ވަނީ އަލް ހިލާލްގެ މަށްޗަށް 0-4 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ މަލްޓިޕާޕަސް ކޮމިއުނިޓީ ޕާކް ސާފްކޮށްފި

ނަލަފެހިން މީދޫގައި ތައްޔާރު ކުރަމުންދާ ޕާކް ސާފުކުރުމުގެ އިވެންޓެއް ބާއްވައިފިއެވެ. މިއަދު ހެންދުނު ބޭއްވި މި އިވެންޓުގައި ނަލަފެހި ...

ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެ

ފިލްމީ ތަރި ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެއެވެ. އުމުރުފުޅުން 81 އަހަރުގައި، ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ ސިއްހީ ...