މީދޫ ބަނދަރަށް ކާރެއް ވެއްޓިއްޖެ

ސ.މީދޫއިން ފޭދުއަށް ގެންދިއުމަށްޓަކައި  ކާރެއް ދޯންޏަކަށް އަރުވަން އުޅުމުގެތެރޭގައި ކޮންޓްރޯލް ނުވެގެން ގޮސް ކާރެއް މޫދަށް ވެއްޓިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގީ މިއަދު ހެނދުނު މީދޫ ބަނދަރުގެ ހުޅގުފަރާތުގައި ތައްޔާރުކޮށްފައިވާ ރެޕްމުން އެކާރު ދޯންޏަށް އަރުވަން އުޅުމުގެ ތެރޭގައި ކާރުގެ ބުރަކި ނުޖެހި ކޮންޓްރޯލް ނުކުރެވިގެންނެވެ.   

ކާރު މޫދަށް ވެއްޓުނުއިރު އޭގައި ޑްރައިވަރު ފިޔަވާ އިތުރު މީހަކު ނެތެވެ . މޫދަށް ކާރު ވެއްޓުމާއެކު ޑްރައިވަރުވަނީ ކާރުން ނިކުމެފައެވެ.

މިހާދިސާގައި ޑްރައިވަރަށް  އަނިޔާއެއް ނުލިބުނަސް ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މޫދަށް ވެއްޓުނު މިކާރު މިހާރު ވަނީ އެކްސްކަވޭޓަރެއްގެ އެހީގައި މޫދުން ނަގާފައެވެ. މިކާރަކީ އަދި އެއްވެސް ވަރަކަށް ދުއްވަން ފަށާފައިނުވާ އާކާރެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސްތުވާތަކެތީގެ ހާއްޔެ ! އެންމެން ދަންނަ ބޮޑު ސިއްރެއް !

މުޅި ދުނިޔޭގެ ގިނަ ބައެއްގެ ދިރިއުޅުން ހަލާކުކުރުމުގައި ބޮޑުދައުރެއް އަދާކުރާ އެކައްޗަކީ މަސްތުވާ ތަކެއްޗެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ...

ހުޅުމީދޫ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސ. ހުޅުމީދޫ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ކަރަންޓް ވައިރުކުރުމަށް ބޭނުންކުރާ ގިނައަދަދެއްގެ ސާމާނާއި އަދި  ދަގަނޑު ހޮޅިތަކެއް ...

ފޭދޫ ސްކޫލުން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފި

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ކުޅެވުނު 16 އަހަރުން ...