ކ.އަތޮޅުން ފެށިގެން ލ، އާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓްނެރެފި

ކއަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

މިއަދު  9:45 ގައި ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ މިއަދު  10:15 އިން ފެށިގެން މެންދުރުފަހު 15:15 އާއި ދެމެދުގެ ވަގުތުތަކުގައި ކ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ހަމަ މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން، ގަޑިއަކު 05 މޭލާ 15 މޭލު ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއެންޑީއެފްގެ ޤައުމީ ޚިދުމަތް މިފަހަރު ތަފާތު ގޮތަކަށް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ނުވަތަ އެމްއެންޑީއެފް އަކީ ރާއްޖޭގެ ސަލާމަތީ ކަންކަމުގައި އެންމެ ކުރީ ސަފަށް ނިކުމެ ...

ދޭހަ އުނގެނެން ފެށި ދަތުރު

ޖާހިލު އަތްއަތް މަތީން ހިލެމުން އައި ލިއުމެއް އަތަށް އެރިއެވެ. ސްކޫލު ނިޒާމަށް ގެނެވޭ ބަދަލު ހިއްސާކުރުމަށް އެޑިޔުކޭޝަން ...

ކޯވިޑް-19 : އިތުރު 19 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓީވްވި މީހުންގެ އަދަދު ވަނީ 785އަށް ...