އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތަޢާރަފްކޮށްފި

ގިނަ އަދަދެއްގެ ފިލްމާއި ވީޑިއޯ ބަލާލެވޭ އެމޭޒަން ޕްރައިމް ވީޑިއޯ، އުރީދޫގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފިއެވެ.

އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓީވީ ޗެނަލްތައް ހިމެނޭ މުނިފޫހިފިލުވައިދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ޚިދުމަތެކެވެ.

މި ޙިދުމަތް ތަޢާރަފްކޮށްދެއްވީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ސީއީއޯ ނަޖީބް ޙާން އާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަލީޙް ވިދާޅުވީ، އުރީދޫ ފަދަ ކުންފުނިތަކުން ބޭރުގެ ކުންފުނިތަކާ ގުޅިގެން ޓެކްނޮލޮޖީގެ އައު އުފެއްދުންތައް ރާއްޖެއަށް ތަޢާރަފްކުރުމަކީ މި ދާއިރާއަށް ލިބިގެންދާ ކުރިއެރުމެއްކަމަށާއި މިއީ ބޭރު ދުނިޔެއާއި ރާއްޖެ ގުޅުވާލުމަށް ލިބޭނެ ފުރުސަތެއްކަމަށެވެ. އަދި ޓެލެކޮމިއުނިކޭޝަން ދާއިރާއިން ރާއްޖޭގައި އޮތީ ވަރަށް މިނިވަންކަމާއިއެކު ވިޔަފާރިކުރެވޭނެ މާހައުލެއްކަމަށާއި، މިކަމުގައި މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގެ ހިތަދޫން މިއަދު އިތުރު 7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީގެ ހިތަދޫން މިއަދު އިތުރު  7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި 15 މީހުންގެ ...

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ސަމާލުވުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ...

ޔޫރޯ 2020: ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓަރ ފައިނަލަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ޑެންމާކް ކުއާޓާފައިނަލަށް ދަތުރު ކޮށްފިއެވެ. ...