މަރުގެ ތަހުގީގުތަކާ ކޮރަޕްޝަނުގެ ކަންތައްތައް ބާރަށް ކުރިއަށް ގެންދިއުމަށް އެއްބަސްވެވުނު – ކުރީގެ ރައީސް ނަޝީދު

ރަށްޔިތުންގެ މަޖިލިހުން ފާސްނުވެ ހުރި ބައެއް ބިލްތައް ފާސްކުރުމަށް ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެ ވަޑައިގެންފިއެވެ.

މިކަން އިއުލާން ކުރެއްވީ ރައީސް ސޯލިހާއެކު ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ 4 ޕާޓީގެ ލީޑަރުން ހޮޓެލް ޖެންގައި ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުންނެވެ.

ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުން ހުރިހާ ޕާޓީތަކަށްވެސް ފެންނަކަމަށާ ނުނިމިހުރި މުހިއްމު މަސައްކަތްތައް ބާރަށް ގެންދިއުމަށް ހުރިހާ ޕާޓީތަކުންވެސް އެއްބަސް ވެފައިވާކަމަށެވެ.

” ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުރިހާ ޕާޓީތަކަށްވެސް އެބަފެނޭ . ޚާއްސަ ގޮތެއްގައި މަރުތައް ތަހުގީގުކުރުމުގެ ކަންތައް ވަކިކޮޅެއްގައި ނުޖެހި މަޖިލިސް ޗުއްޓީއަށް ދާންޖެހުން އަދި ކޮރަޕްޝަންގެ ކަންތައްތައްވެސް ތަހުގީގު ނުކުރެވި މަޖިލިސް ޗުއްޓީއަށް ދާންޖެހުން ، ހަމައެޔާއެކީގައި އަދިވެސް އެހެންހުރި އިތުރު އެހެންކަންތައްތައް އެބަހުރި . އެމަސައްކަތްތައް ބާރަށް ގެންދިއުމަށް އަޅުގަޑުމެން ހުރިހާ ފަރާތްތަކަށް އެއްބަސް ވެވުނު . ”

މޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބާއްވަން 4 ލީޑަރުން އެއްބަސްވެ ވަޑައިގެންނެވިއިރު މުހިއްމު ބިލްތަކަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައިވަނިކޮށް ގާނޫނީ އަދަދަށް މެމްބަރުން މަޖިލިހުގެ ޖަލްސާގައި ވަޑައިގެންނެތުމުން އެބިލްތަކަށް ވޯޓަށް ހާނާ މަޖިލިސްވަނީ ޗުއްޓީއަށް ގޮސްފައެވެ.

މަޖިލިސް ޗުއްޓީއަށްދިޔައީ ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތައް ޕެންޝަނާބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރުމަށާ ރިޔާސީ ކޮމިޝަންތަކުގެ ބިލާ ބާ ކައުންސިލެއް އުފެއްދުމާ ގުޅޭގޮތުން މަޖިލިހަށް ހުށަހެޅި ބިލަށް ވޯޓަށް އެހެން އެދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނިކޮށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫސްކޫލްގެ ދެޓީޗަރަކަށް އުމްރާ ދަތުރު ލިބިއްޖެ

ހުޅުދޫ ސްކޫލްގެ ދެޓީޗަރަކަށް އުމްރާ ދަތުރު ލިބިއްޖެވެ. މިދެޓީޗަރުންނަށް އުމްރާދަތުރު ލިބިފައިވަނީ ޓީޗާސްޑޭ ފާހަގަކުރުމަށް ހުޅުދޫސްކޫލްގެ ޕީޓީއޭގެ ފަރާތުން ...

އުމުރުން ދުވަސްވީ މީހުންނަށް 5000 ރުފިޔާ ލިބޭގޮތަށް ޤާނޫނު އިސްލާހު ކުރަނީ

އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 5000 ރުފިޔާ ލިބޭގޮތަށް ފެންޝަނާ ބެހޭ ޤާނޫނަށް ހުށައެޅި އިސްލާހަށް ...

ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފި

ސ.ހިތަދޫ ދިރާމުލި ގޯތި ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި  ރޭ ...