ނާޒިމް ސައްތާރު އޭނާގެ މައްޗަށް ކުރާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތް އަށް އިންކާރު ކޮށްފި

ބަންގްލަދޭޝްގެ ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އޭނާގެ މައްޗަށް ކުރާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތް އަށް އިންކާރު ކޮށްފިއެވެ.

ތުހުމަތް އަށް އިންކާރު ކުރަމުން ނާޒިމް މިހެން ބުނެފައިވަނީ، އޭނާ ހައްޔަރުކޮށްގެން އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން ކޯޓުގައި ދެއްކި ވާހަކައިގައެވެ.

އެގޮތުން ނާޒިމް ވަނީ މި ޒަމާނުގައި ވީޑިއޯތައް އެޑިޓްކޮށް ހެކި ހެދުމަކީ ވަރަށް ފަސޭހަ ކަމެއްކަމަށާއި، އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި އާންމުވެފައިވާ ވީޑިއޯއިން އަލަމްގިރި އާއެކު ފެންނަނީ އޭނާ ނޫން ކަމަށެވެ. އަދި މިޒަމާނުގައި ހެކި އުފެއްދުމަކީ ވަރަށް ފަސޭހަކަމެއްކަން ފާހަގަކޮށް އެކަމުގެ ހެއްކެއްގެ ގޮތުގައި ނާޒިމް ފާހަގަކުރީ ހޮލީވުޑުގެ ތަރި ޖޯނީ ޑެޕްއާ ދެކޮޅަށް އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑް ކުރި ތުހުމަތުތަކާއި އެ ތުހުމަތުތަކަށް ބާރުދިނުމަށް އޭނާ ކޯޓަށް ހުށަހެޅި ހެކިތަކެވެ.

ނާޒިމް އިތުރަށް ބުނެފައިވަނީ، އެހައި ދިގު ވީޑިއޯއެއް އެޑިޓުކުރުމަކީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމަކީ އެތައް ގަޑިއިރެއްގެ ސައްޚަ ވީޑިއޯ ފޫޓޭޖު އެއްކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށްވާއިރު، އޭނާއަކީ މާ ގިނައިން ވީޑިއޯތަކުން ފެންނަ މީހެއް ނޫން ކަމަށެވެ.

އިތުރުކަމެއްގެ ގޮތުގައި ނާޒިމް ފާހަގަކުރީ ވެލިގަނޑު ރިސޯޓުން އޭނާ ހައްޔަރުކުރިއިރު އޭނާ ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު ފުލުހުން އޭނާ އަތަށް ނުދޭ ކަމަށާއި އެހެންކަމުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއާތާ ޚިލާފަށް ކަމަށެވެ.

ރަސްދޫ ކޯޓުގައި އޮތް ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމުގައި ނާޒިމް އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށް އާންމުވި ވީޑިއޯއަކީ އެޑިޓެއް ކަމުގައި ބުނި ނަމަވެސް އެ އަޑުއެހުމުގައި އެ ކޯޓުން ނިންމާފައިވަނީ އޭނާގެ ބަންދަށް 7 ދުވަހުގެ މުހުލަތެއް އިތުރުކުރުމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ...

ލިވަޕޫލް ކަޓުވާލައި އެތުލެޓިކޯ ކުއާޓާއަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ކަޓައިފި އެވެ. ލިވަޕޫލް ...

އޮމިކްރޮންގެ ނުރައްކާ ބޮޑުވެދާނެތީ ސަމާލުވާން އެޗްޕީއޭ އެދިއްޖެ

ކޮވިޑް-19 އިގެ އާ ވޭރިއަންޓް “އޮމިކްރޯން” ނުރައްކާ ބޮޑުވެދާނެތިން އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ...