އިންޑިއާ މަނަވަރު “ރަނާ” ރާއްޖެ އަތުވެއްޖެ

އިންޑިއާގެ މަނަވަރު އައިއެންއެސް “ރަނާ” މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) “ރަނާ” ރާއްޖެއަށް ކުރާ މި ދަތުރުގައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް “ރަނާ” ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު : މަރާމާތު ކުރަމުންދާ މީދޫ ބަނދަރުގެ މަސައްކަތް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިހާރު މަރާމާތު ކުރަމުންދާ މީދޫ ބަނދަރުގެ މަސައްކަތް ކުރަމުންދާ މަންޒަރު ދައްކުވައިދޭ ...

10 ފޫޓުގެ ބޮޑު ކިނބުލެއް ގއ. ކޮނޑޭއިން ހިފައިފި

ގއ. ކޮނޑޭ ގޮނޑުދޮށުން 10 ފޫޓުގެ ބޮޑު ކިނބުލެއް  ހިފައިފިއެވެ. ކޮނޑޭ ޒުވާނުންތަކެއް ނިކުމެ ވާޖަހައިގެން ހިފާފައިވާ މި ...

ދ. ކުޑަހުވަދޫން ކޮވިޑަށް ޕޮޒިޓިވް ކުއްޖަކަށް ލ.ގަމު ކޮވިޑް ފެސިލިޓީއަށް ގެންގޮސް އައިސީޔޫ ގައި ފަރުވާ ދެނީ

ދ. ކުޑަހުވަދޫއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކުޑަކުއްޖެއް އިތުރު ފަރުވާ ދިނުމަށް ލ.ގަމު ކޮވިޑް ފެސިލިޓީއަށް ގެންގޮސް އެތަނުގެ ...