“ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” މީދޫގައިވެސް ސާފުކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފި

Advertisement

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް  ދަށުން މިއަދު މީދޫގައިވެސް ސާފްކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

“ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” މިޝިއާރުގެ ދަށުން ކުރިއަށް ގެންދެވުނު ސާފްކުރުމުގެ މަސައްކަތް މީދޫގައި ކުރިއަށް ގެންގޮސްފައިވަނީ މީދޫ ބަނދަރު ސަރަހައްދުގައެވެ.

މީދޫ ބަނދަރު ސަރަހައްދު  ސާފްކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގައި މީދޫއާއި ހުޅުދޫގެ ސަރުކާރުގެ މުވައްސަސާތަކުގެ އިތުރަށް މީދޫ ނަލަފެހި ޖަމްއިއްޔާއި އަމިއްލަ ބައެއް ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ.

މިއަދު މީދޫގައި ކުރިއަށް ގެންދެވުނު ސާފްކުރުމުގެ މަސައްކަތުގައި ބައިވެރިވެފައިވާ މުވައްސަސާތަކަކީ ފެނަކަ ކޯޕަރޭޝަން ، މީދޫ އަވަށުއޮފީސް ، އައްޑޫފިޝަރީޒް ކޮމްޕްލެކްސް ، ސަދަންޓްރާންސްޕޯޓްލިންކް އަދި ވެމްކޯއެވެ.

“ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖް ކުރުމާއި ވެށި ސާފުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ދެކި، އެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުން ކަމަށް އެންވައިރުމެންޓް މިނިސްޓްރީން ބުނެފައިވެއެވެ.  އަދި ކުންޏާ މެދު އާންމުން ހޭލުންތެރި ކުރުމަކީ މިޕްރޮގްރާމްގެ އެއް ބޭނުން ކަމަށްވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.

މިއަދު ފެށުނު މިޕްރޮގްރާމްގައި، ރަށްރަށާއި ރިސޯޓުތައް ސާފުކުރުމުގެ ހަރަކާތްތައް ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށްވެސް އެންވައިރުމެންޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލިވަޕޫލް ކަޓުވާލައި އެތުލެޓިކޯ ކުއާޓާއަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ކަޓައިފި އެވެ. ލިވަޕޫލް ...

މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންގެ މަގާމްގައި ފާއިތުވި ތިންއަހަރު ހުރި އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް ...

ކޮރޯނާވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 14750 އަށް އަރައިފި

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 14،750 އަށް އަރައިފިއެވެ. މި ބަލި ...