އައްޑޫ ސިޓީން މިއަދު 12 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން މިއަދު 12 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ.

އައްޑޫ ހޮސްޕިޓަލުން ހޮސްޕިޓަލުން މިރޭ ހާމަކޮށްފައިވާގިތުގައި އިއްޔެ ހަވީރު ހަޔަކުން މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 12 ކޭސްގެ ތެރެއިން 9 ކޭސް ފެނިފައިވަނީ މަރަދުންނެވެ.

އަނެއް  3 ކޭސް މަރަދޫފޭދޫއިންނެވެ .

މީގެތެރޭގައި ހިމެނެނީ މީގެތެރޭގައި ހިމެނެނީ ހަތް ރެންޑަމް ސާމްޕަލް އާއި ދެ ފްލޫ ސާމްޕަލް އާއި ތިން ޑައިރެކްޓް ކޮންޓެކްޓުންނެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި ކޮވިޑް 19 ގެ  50 ކޭސް އުޅޭއިރު، ހިތަދޫގައި ދެ ކޭސް، ފޭދޫގައި އެކްޓިވް ހަ ކޭސް، އަދިމަރަދޫފޭދޫގައި ހަ ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ރެންޑަމް ސާމްޕަލްތަކާއި ފްލޫ ކުލިނިކަށް ދައްކައިގެން ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދިޔަކަމުގައިވިޔަސް ގުޅިފައިވާ ރަށްތަކުގައި މޮނިޓަރިންގ ގެހާލަތު ވަނީ އުވާލާފައެވެ

އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 554 މީހުން ރަނގަޅުވެފައިވާއިރު، މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ. އަދި މިބަލީގައި މިވަގުތު އައްޑޫގައި ހޮސްޕިޓަލްގައި އެޑްމިޑްކޮށްގެން ފަރުވާ ދެމުންއަންނަނީ އެންމެ މީހަކަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވައިފި

އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ޓްރާންސިޓް ލައުންޖްގައި ހުޅުވައިފިއެވެ. މި އައުޓްލެޓް ހުޅުވާފައިވަނީ އިއްޔެއެވެ. މިތަން ...

އެމްއެންޕީގެ މެމްބަރުން އިތުރު ކުރުމަށް ހުޅުދޫއާއި މީދުއަށް ދަތުރެއްކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ފާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމާއި، އެޕާޓީގެ ލީޑަރޝިޕް ...

މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި 2 މީހެއްގެ ފައި ދެ ތަނަކުން ބިނދިއްޖެ

އައްޑޫސިޓީ މަރަދޫގައި މިއަދު ހެނދުނު ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 މީހެއްގެ ފައި ދެ ...