ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ތަހުގީގު ކުރާ ބަޔަކު އެމަނިކުފާނާއި ސުވާލުކުރައްވަން ބޭނުންފުޅުވާނަމަ ސުވާލު ވެސް ކުރައްވަންވީ ކަމަށެވެ. އަދި އެމައްސަލައަށް އެމަނިކުފާނު ޖަވާބުދާރީވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއް އެމަނިކުފާނުގެ މައްޗަށް ސާބިތުނުކުރެވޭނެ ކަމަށާއި، އެއީ އެމަނިކުފާނާއި ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނުގެ އަމަލުތައް ބެލުމަށް ސަރުކާރުގެ މުއައްސަސާތަކުންނާއި ރައީސް ޔާމީން ވެސް ހުރަސް އެޅުއްވި ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ތުހުމަތުކުރައްވާފައިވާތީ އެކަމަށް ރައްދުދެއްވާ ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަތަކުން ފެންމަތިވީ ސަރުކާރުން ރިސޯޓު ހެދުމަށް ރަށްވިއްކާފައި ދައުލަތުގެ މާލިއްޔަތަށް ވަންނަންޖެހޭ ފައިސާ ނުވަދެ، އެފައިސާ އެހެންދިމާލަކަށް ދިޔަ މައްސަލަ ކަމަށެވެ. ނަމަވެސް އެމައްސަލަ ނިޔާޒު ވިދާޅުވެފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ނިޔާޒު އެމަނިކުފާނާއި ބައްދަލުކުރެއްވި ކަމަށާއި، އެމްއެމްޕީއާރްސީގެ މައްސަލަތަކުގެ ތެރެއިން ފާހަގަކުރެއްވީ އެމްއެމްޕީއާރްސީން ޑޮލަރު އެހެން މުއައްސަސާތަކަށް އެގްރިމެންޓް ހެދުމަށްފަހު ވިއްކާ މައްސަލަ ކަމަށެވެ. އެގޮތުން އެމްޕީއެލުން އެމްއެމްޕީއާރްސީއާއެކު ހަދާފައިވާ އެގްރިމެންޓްގެ ވާހަކަ ހިއްސާ ކުރެއްވި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިއީ މައްސަލައެއް ކަމަށްވާނަމަ އޮޑިޓަރ ޖެނަރަލްގެ ހައިސިއްޔަތުން މިމައްސަލަ ބަލަންޖެހޭ ކަމަށާއި، ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކަންކަން ކުރިއަށް ގެންދިއުމަކީ އޮޑިޓަރ ޖެނަރަލްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި މިމައްސަލާގައި އެމަނިކުފާނުގެ އަރިހަށްއަންނަން ނުޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ދައުލަތުގެ މުއައްސަސާއަކުން ބޮޑު ކޮރަޕްޝަނެއް ހިންގާއިރު ރައީސް ޔާމިނަށް އެނގޭނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީ އެކަމަށް ރައްދުދެއްވާ ރައީސް ޔާމީން ވިދާޅުވީ މިކަން އެނގުނު ހިސާބުން ފިޔަވަޅުއެޅުއްވި ކަމަށާއި، ފިޔަވަޅު އެޅުއްވީ އެމަނިކުފާނު ކަމަށެވެ. އަދި ރައީސް އޮފީހުން މިމައްސަލާގައި ކަންކަން ކުރެއްވީ އެމަނިކުފާނުގެ އޯޑަރަށް ކަމަށާއި، އެހެން އެއްވެސް މުއައްސަސާއަކުން މިމައްސަލަ ބަލާފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ދިމާވެގެން މިއުޅޭ މައްސަލާގެ ވާހަކަތައް ނުދައްކަވާ އެހެނިހެން މައްސަލަތަކުގެ ވާހަކަތަކުގެ ދެއްކެވުމަށްފަހު އޮޑިޓަރ ޖެނަރަލްގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށާއި، ޒިންމާ އެއްވެސް ފަރާތަކުން ނަގާފައިނުވާ ކަމަށެވެ. އަދި މިސަރުކާރުން މިމައްސަލަ ތަހުގީގު ކުރައްވާނަމަ ފުރިހަމަ އެއްބާރުލުންދޭނެ ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ކޮރަޕްޝަން އެއްވެސް ކަމެއް ސާބިތުނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް މުއިއްޒު، ކުރީގެ ރައީސް ވަހީދުއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން ...

ފެބްރުއަރީ މަސް ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެ- މިނިސްޓަރ ނާޒިމް

ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ މަހުގެ ތެރޭގައި ހުޅުވި ޚިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް ...

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެވެ. ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މިމީހާ ނިޔާވެފައިވަނީ ރޭ ...