ފެބްރުއަރީ މަސް ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެ- މިނިސްޓަރ ނާޒިމް

ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ މަހުގެ ތެރޭގައި ހުޅުވި ޚިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ހުރި އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެހޮސްޕިޓަލްގެ މަސައްކަތް ކުރަމުންދާ ކުންފުނިން އަންގާފައިވާކަމަށެވެ. އަދި މިހޮސްޕިޓަލުގެ ޚިދުމަތް އަންނަ މަހުގެ ތެރޭގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގައި ޤާއިމް ކުރަމުންދާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތާކާއި ގުޅޭގޮތުން މިނިސްޓަރ ނާޒިމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް މިއަހަރު ޖުލައި މަސް ތެރޭގައި ހުޅުވި، ބައެއް ޑިޕާޓްމެންޓްތަކުން ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން ސިއްޚީ ދާއިރާއިން ކުރަމުންދާ ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން މިނިސްޓާރ ނާޒިމް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުން ދިވެހި މުޖުތަމަޢު ހޭލުންތެރިކޮށް، މުޖުތަމަޢު ދުޅަހެޔޮތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި މިހާރު ފަށާފައިވާ ކެމްޕެއިން އިތުރަށް ފުޅާކުރުމަށް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ފުޓްސަލް ދަނޑުފަދަ ތަންތަން ޤާއިމް ކުރުމުގެ އެންމެ މުހިއްމު މަޤްސަދަކީ ދުޅަހެޔޮ ސިއްޙަތެއްގައި މުޖުތަމަޢުއެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޑަބްލިއުއެޗްއޯގެ މަޝްވަރާ އާއި ލަފާގެ މަތިން މިހާރު 50 ޓްރީމެންޓް ގައިޑްލައިން ތައްޔާރުކުރަމުންދާއިރު، މި ގައިޑްލައިންގައި ހިމެނޭނީ ދިވެހިރާއްޖޭގައި އެންމެ ޢާންމު 50 ބަލި ކަމަށެވެ. އަދި މިކަމުގައި ދިވެހިރާއްޖޭގައި ފާހަގަ ކޮށްލެވޭ ޑޮކްޓަރުންނާއި، ތަޖުރިބާހުރި ޑަބްލިއުއެޗްއޯގެ ކޮންސަލްޓަންޓުން އެހީތެރިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގެއްލުނު އިރު އަލީފަހުމީ ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓު ފެނިއްޖެ

މޫދަށް އެރި އުޅެނިކޮށް ހޮނިހިރު ދުވަހު ހިތަދޫން ގެއްލުނު ދެކުދިންގެ ތެރެއިން ޗަނބޭލީގެ، އަލީ ފަހުމީ ލައިގެން ހުރި ...

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ އިސްތިއުނާފްކޮށްފި

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓްގައި އިސްތިއުނާފްކޮށްފިއެވެ. ރައީސް ޔާމީންގެ އެކައުންޓްތަކުން ...

ބީއެމްއެލްގެ އެހީގައި ކިނބިދު އާއި ލަންދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ބ. ކިނބިދު އާއި ނ. ލަންދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާލައިފި ...