ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރުވާނީ ހުއްޓުމަކަށް ގެނެވިފައި: ރައީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ތެރަޕިއުޓިކް ފަރުވާއަށް ސަލާން ޖެހުން ނައްތާލެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިވެލި އެވޯޑު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ލާބަޔަށް އެކި ފަރާތްތަކުން ކުރާ ހިދުމަތަކީ، އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާ ފުރިހަމަ އަދި އެހާމެ މަތިވެރި ހިދުމަތްތަކެއް ކަމަށެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ދެވޭ އެވޯޑެކެވެ.

އެ މުހިންމު ހިދުމަތުގެ އަގު، ދައުލަތުގެ ފަރާތުން ކޮންމެވެސް ސިފައެއްގައި ވަޒަންކުރުމަކީ، ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ ހިދުމަތްތަކަށް ހިތްވަރު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ, ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުން އަންނަ ރިވެލި އެވޯޑްގެ އެންމެ މުހިންމު މަގުސަދަކީ އެ ހިދުމަތުގެ އަގު ވަޒަންކުރުން ކަމަށެވެ.

ދައުލަތުގެ ފަރާތުން ހިދުމަތް ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

“އެފަދަ އެއް ކަމަކީ 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް. އެ ޕްރޮގްރާމުގެ ސަބަބުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރުވަނީ ހުއްޓުމަކަށް ގެނެވިފައި,”

ރައީސް ވިދާޅުވިއެވެ.

އެ ފަރުވާއަށް މިއަހަރުގެ އޮކްޓޯބަރުގެ މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި މިދިޔަ އަހަރު 7.2 މިލިއަން ހަރަދުކުރިއިރު 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ދަތި އުދަނގޫ ހާލަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ އާއިލާތައް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ވަރަށް ގިނަކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ, އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ވަރަށް ގިނަ ހުރަސްތަކެއްވަނީ ކުރިމަތިވެފައި ކަމަށެވެ.

އެކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން އެކި ދާއިރާތަކުން ލިބުނު ގެއްލުންތައް ވަޒަންކުރި އިރު، ވަޒީފާގެ ބާޒާރަށް ކުރިމަތިވި ލޮޅުންތައް ވަރަށް ބޮޑުކަން ފާހަގަކޮށް ރައީސް ވިދާޅުވީ, ބައެއް މީހުންގެ ވަޒީފާ ގެއްލިގެން ދިޔަ ކަމަށެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫންކަމަށާއި ކޮންމެ މީހަކީވެސް، އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ މީހެއް ކަމަށެވެ. މުޖްތަމައެއްގެ ގޮތުގައި އުޅެނީ އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީގެން ކަން ވެސް ރައީސް ވިދާޅުވިއެވެ.

“އެހެންކަމަށް ވަންޏާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ މާބޮޑަށް އިސްކަންދޭންޖެހޭ ކަމެއް,”

ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރުވާއަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތައް ހިލޭ ފޯރުކޮށްދިނުން އެއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: ވޭރާނޑި މައިޒާން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ މީދޫ ” ވޭރާނޑި މައިޒާން”  – މި މައިޒާން އަކީ މީދޫ ...

ނޮރިންމަ ބަލިކޮށް އުސްގަޑަ އިން ކްއާޓާރގެ ފުރުސަތު ބޮޑުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 2 ވަނަ މެޗުގައި މީދޫ ނޮރިންމަ އެފްސީ  2-0 އިން ބަލިކޮށް ...

ސުވާލު އުފެދުނު 12 ގޮނޑި އާއި މެދު ސުޕްރީމް ކޯޓުން ޙުކުމްއިއްވައިފި

ސުވާލު އުފެދި ގޮތެއް ނުނިންމި އޮތް ރައްޔިތުން މަޖްލީހުގެ 12 ގޮނޑި އާއި މެދު ގޮތެއް ކަނޑައަޅާ އިއްޔެ ...