ޗެނަލް 13ގެ ޕްރޮގްރާމެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ޗެނަލް 13ގެ ” ހަޖަމް ” ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކެއްގެ މައްސަލަ ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފި އެވެ.

ބްރޯޑްކޮމުން ބުނީ ޗެނަލް 13ގެ “ހަޖަމް” ޕްރޮގްރާމުގައި ދެއްކި ވާހަކަތަކުގެ މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޮންނަ އިޖުރާއަތްތަކުގެ ތެރެއިން އެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ވެސް ބްރޯޑްކޮމުން ބުންޏެވެ.

ސޯޝަލް މީޑީއާގައި ފެންނަން ހުރި ކްލިޕްތަކުގައި، އެ ޕްރޮގްރާމްގައި ވާހަކަ ދައްކަން ހުރި ޕްރެޒެންޓަރު ޕީޖީ ޝަމީމަށް ނިސްބަތްކޮށް ވަރަށް ހުތުރުކޮށް ވާހަކަތަކެއް ދެއްކި އެވެ.

މި މައްސަލައިގައި ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އޮންލައިން ނޫސް “އަދަދު” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިކަމަށް އަދަދުގައި ހާމަކޮށްފައިވާގޮތުން “ހަޖަމް” ޕްރޮގްރާމްގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ހުރިކަމަށް ފާހަގަކުރެވުމާ އެކު މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި މާދަމާ ( އާދިއްތަ ދުވަހު ) މި މައްސަލަ ބަލަން ކޮމިޝަނުގައި ތާވަލުކުރެވިފައިވާ ކަމަށް ވެސް މަރިޔަމް ވަހީދާއާއި ހަވާލާދީ އަދަދުގައި ހާމަކޮށްފައިވެއެވެ.

“ފެކްޓް ވެރިފައި ނުކޮށް ވާހަކަތަކެއް އެ ޕްރޮގްރާމުގައި ދައްކާފައިވޭ . އިތުރު މައުލޫމާތު ދެވޭނީ އޮންނަ އުސޫލުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު . އަދި އިތުރު މައުލޫމާތު ދެވޭނީ އޮންނަ އުސޫލުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު “
މަރިޔަމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ބްރޯޑްކޮމުން ވަނީ ޗެނަލް13ގެ ހަޖަމް ޕްރޮގްރާމްގެ މައްސަލަތަކެއް ބަލާފަ އެވެ. .

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 45 މީހަކު ޕޮޒިޓިވްވެއްޖެ

އިތުރު 45 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލިޖެހުނު މީހުންގެ އަދަދު 835 އަށްއަރައިފިއެވެ. އެޗްޕީއޭއިން ...

ފުރަތަމަ ލުއި ދެވޭނީ ގެއިން ނުކުމެ އުޅުމަށް – ރައީސް

މާލެ ސަރަޙައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ...

ކުރިއަށް އޮތް 48 ގަޑިއިރުގެތެރޭގައި ރާއްޖެ އަށް މޫސުން ގޯސްވާނެ

ރާއްޖޭގެ އިރުން، ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއް މަޑުމަޑުން ހުޅަނގަށް ޖެހެމުންދާކަމަށް ލަފާކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާއި ...