މިދުއްވެނީ ރަށެއްގެ ފުއްޓަރު ގާތައް މަތީގައޭ ހީވާފަހަރުވެސް މަދެއްނޫން

Advertisement

މީދޫގެ މަގުތަކުގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އެތައް ބަޔަކު އެކިއެކި ހާޖަތްތައް ފުއްދުމަށް ދުވާލަކު އެތައް ފަހަރަކު ބޭނުންކުރަންޖެހޭ ރަށުގެ މަގު

ތަކަކީ އިރުވައި މޫސުމުގައި ވިޔަސް ހުޅަނގު މޫސުމުގައިވިޔަސް މާ ހިތްފަސޭހަ މަގުތަކެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް ވިއްސާރަވެއްޖެނަމަ މަގުތަކުގެ ބޭނުން ހިފުން އެއީ ނުކޮށް ނުވިއްޔާ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ވިއްސާރައިގެ އަސަރު ކޮށްފިނަމަ މުޅި މަގުތަކުގައި އޮންނަނީ ފެންގަނޑު ހެދި ޗަކަ ވެފައެވެ. ފައި ތެންމާނުލާ މަގުން ހިނގުން އޮންނަނީ ދަތިކަމަކަށް ވެފައެވެ. ވަކިން ހާއްސަކޮށް ގިނަބަޔަކު ބޭނުން ކުރާ ބޮޑު ދެމަގު ކަމަށްވާ ބަހާއުއްދީންމަގާއި މަޖުދުއްދީން މަގުގައި ހެދިފައިހުންނަ ކުދި ވަޅުތަކުގެ ސަބަބުން އާންމުންނަށް ވަނީ ބޮޑު އުނދަގުލަކަށް ވެފައެވެ. ސައިކަލު ދުއްވަމުން ދާއިރު މިދުއްވެނީ ރަށެއްގެ ފުއްޓަރު ގާތައް މަތީގައޭ ހީވާފަހަރުވެސް މަދެއްނޫނެވެ.   މާބަނޑު އަންހެނުން މިއިން މަގަކުން އެއްގަމު އުޅަނދެއްގައި ދަތުރުކޮށްފި ނަމަ ދަތުރު ނިމުމުގެ ކުރިން ނުވިހާ ހުރެދާނެބާއޭ ހީވާ ފަހަރުވެސް އާދެއެވެ.

މީދޫގެ އާބާދީ ބޮޑު އެއް ރަށުގައި ދިރިއުޅެމުންއަންނައިރު އެމީހުންގެ ތެރެއިން ބައެއް މީހުން ފޮނި އުއްމީދުގައި ބޮޑު އަގުގައި ގަންނަ ކާރާއި ސައިކަލު ފަދަ ވެހިކަލްތައް ގެނެސް ދުއްވަން މިޖެހެނީ ބޮޑެތި  އޮޅުތައްކަހަލަ މަގުތަކުގައެވެ  ތިމާގެ ލޯބިވެރިޔާ ފަދައިން ގެންގުޅޭ މި ވެހިކަލްތައް މިފަދަ މަގުތަކުގައި ދުއްވަންޖެހުމުން މާގިނަ ދުވަސްތަކެއްނުވެ ބާވެ ހަލާކުވަމުން ދެއެވެ. މާލޭގައި 5 އަހަރު ދުއްވާފައިވާ ވެހިކަލެކޭ މީދޫގައި އަހަރުދުއްވާ ވެހިކަލެކޭ ތަފާތެއް ނެތެވެ. އެހާވެސް މަގުގެ ހާލު ބޮޑެވެ.

މަގުކޮންމިގޮތަކަށް އޮތަސް ވެހިކަލްތަކުން ރައްޔިތުމީހާގެ އަތުން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފީއެއް ބަރާބަރަށް ދައްކަންޖެހެއެވެ. ނިކަމެތި ރައްޔިތުމީހާ މި ދެންނެވި ފީތައް ނުދައްކައިފި ނަމަ ޖޫރިމަނާތައް ކޮށް މުޅި މީހާގެ “ހަން” ދަމާލައެވެ. އެހެންނަމަވެސް ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ މިފަދަ އަސާސީ ޚިދުމަތްތައް ނުދީގެން ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. މާލޭގެ ފެންވަރު ރަނގަޅު މަގުތަކުގައި ދުއްވާ ވެހިކަލްތަކުން ނަގާ ފީއާއި އެއްވަރުގެ ފީއެއް ރާއްޖެތެރޭގެ “އޮއްވަޅު ގޮނޑި” މަގުތަކުގައި ދުއްވާ ވެހިކަލްތަކުން ނެގުމަކީ އިންސާފެއް ތޯއެވެ؟

މިފަދަ ކަންތައްތަކެއް އަޅުގަނޑުމެން ތަޖުރިބާ ކުރަމުންދާތާ ގިނަދުވަސް ތަކެއްމިވަނީ ވެފައެވެ. އެހެން ނަމަވެސް ކުލަވަރު ބަދަލުވެ މަންޒަރު ބަދަލުވާނެކަމުގެ އުއްމީދުގައި ގިނަ ރައްޔިތުން ތަކެއް އެބަތިއްބެވެ.

މިއީ އެތައް ރައްޔިތުންގެ އެތައް ދުވަހެއް ވީ ޝަކުވާއެކެވެ. ދާއިމީ ހައްލެއް ލިބިދާނެކަމުގެ އުއްމީދެއް ނެތް ކަމެކެވެ. މަގު ހެދުމުގެ މަޝްރޫއެއް ރަށުގައި ފެށިނަމަވެސް އެކަންވެސް މިހާރުވަނީ ހުއްޓާލާފައެވެ. ރައްކާތެރިކަމާއެކު މަގުތައް ބޭނުންކުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބެންޖެހެއެވެ. އެހެންކަމުން ރަށު ކައުންސިލަރާއި ސަރުކާރުގެ ފަރާތުން، މަގުތަކަކީ  ރައްޔިތުންނަށް އަމާން ތަނަކަށް ހެދުމުގައި މިހާރަށްވުރެ މުރާލި ވުމަކީ ހަމަ އެންމެ ރައްޔިތުންވެސް ބޭނުންވާނެ ކަމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑުއަތޮޅު ގައި އޮތީ ހަމައެކަނި ހިތަދޫ އެއްތޯއެވެ

އަޅުގަނޑުގެ މި ލިޔުން ލިއުމުގެ ބޭނުމަކީ އައްޑުއަތޮޅުގެ އެއްވެސް ރަށެއްގެ މީހަކާއި ނުވަތަ ބަޔަކަށް ބަދު ބަހެއް ބުނުމެއް ...

ފުވައްމުލަކު އަދި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފި

މިއަދު މެންދުރު 12:40 އާއި ހަވީރު 15:40 އާއި ދެމެދު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ހިމެނޭ ...

ފެނަކައިންވެސް ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް ކުޑަކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑ (ފެނަކަ) އިންވެސް ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް ކުޑަކޮށްފިއެވެ. ކަން ހާމަކުރައްވައި ފެނަކައިން ...