އައްޑުއަތޮޅު ގައި އޮތީ ހަމައެކަނި ހިތަދޫ އެއްތޯއެވެ

ހައިކޯޓް ދެކުނު ގޮފިވެސް ހިތަދުއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން
advertisement

އަޅުގަނޑުގެ މި ލިޔުން ލިއުމުގެ ބޭނުމަކީ އައްޑުއަތޮޅުގެ އެއްވެސް ރަށެއްގެ މީހަކާއި ނުވަތަ ބަޔަކަށް ބަދު ބަހެއް ބުނުމެއް ނޫނެވެ. އެހެންނަމަވެސް ކުރިއަރާފައިވާ ޤައުމުތަކުގެ ކަންކަން ހިގާގޮތް ބަލައި އެ ތަޖުރިބާތަކުން ކޮންމެވެސް އެއްޗެއް ބުނެލެވޭތޯ ބެލުމެވެ.

އައްޑު އަތޮޅުގައި ފުރަތަމަ ވެރިކަން ކުރީ ހިތަދުއަކު ނޫނެވެ.  މަރަދޫ ބޮޑުގެ ކިޔާތަނަކީ ކުރިން އައްޑުއަތޮޅުގެ ވެރިކަން ހިންގި ޢިމާރާތެވެ. ރާއްޖޭގެ ފުރަތަމަ އިސްލާމްވި މީހުން ތިބީ މީދޫގައެވެ. އަދި މީދޫއަކީ ޒަމާނުއްސުވެސް ތަޢުލީމީ ދަރިން ފެންނަމުންދާރަށެކެވެ. ދޮންބެއްޔާއާއި ޝަމްސުއްދީނާއި މަޖުދުއްދީނަކީ މިފަދަ ނަންހިގާ ދަރިންނެވެ. އަދި އަތޮޅުގެ ހުރިހާ ބިތެއްގައި ޢައިލަމެއިލަ ވެރިކަން އެބައޮތެވެ.

އައްޑޫއަކީ މިހާރު “ސިޓީ’ ގެ ނަންދީފައިވާ އަތޮޅެކެވެ. އެހެނަސް ހަޤީޤީ މާނައިގައި “ސިޓީ’ އަދި ފިރުކެންވެސް ނުފަށައެވެ . ފިރުކެވި ދުއްވައި ގަންނަންވާއިރަށް ރާއްޖޭގެ އެހެން ސަރަޙައްދުތައް ކުރިއަރައި ހިގައިދާނެކަމަށް ފެނެއެވެ.

ހިތަދޫއަކީ ވެރިކަން ކުރާރަށަށް ވެފައިވުމުން ސަރުކާރުގެ ގިނަ އޮފީސްތަކެއްވެސް ހިންގަނީ މި ރަށުގައެވެ. އޭގެތެރޭގައި ކައުންސިލް އޮފީހާއި، ތިން ބޭންކަކާއި،މުހިއްމު ބައެއް ސްކޫލްތަކާއި މީގެ އިތުރަށްވެސް ބައެއް މުހިއްމު ތަންތަން ހިމެނެއެވެ.

އަޅުގަނޑުގެ މައްސަލައަކީ މިއެވެ. މިހާރު އޮތީ ރައްޔިތުން ބޭނުންވާގޮތަށް އިންތިޚާބުކޮށްފައިވާ ކައުންސިލެކެވެ. މި ކައުންސިލުގެ އާރާބާރު ބަރުވެފައި އޮތީވެސް ހިތަދޫ ފަޅިއަށެވެ. ކުރާނެ ކަމެއްނެތެވެ. މިއީ އަޅުގަނޑުމެން މިކިޔާ ޑިމޮކްރަސީގެ އަނެއްފަރާތެވެ. އެކިއެކި ޚަބަރު ފަތުރާ ވަސީލަތްތަކުން ފެންނަ މަޢުލޫމާތުތަކަށް ބަލާއިރު އަތޮޅުގެ ބައެއް ރަށްރަށުގައި ގާއިމްކޮށްފައިވާ ބައެއް އޮފީސްތަކާއި ކޮލެޖްތަކާއި ކޯޓްތައްވެސް ހިތަދުއަށް ބަދަލުކުރުމަށް ކައުންސިލްގައިހިމެނޭ ނުފޫޒުގަދަ ހިތަދޫ މެމްބަރުންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރުވެސް މިފަދަ ބައެއް ތަންތަން ކައުންސިލްގައި ހިމެނޭ  މެމްބަރުންގެ ބެލުމުގެ ދަށުން ވަނީ ހިތަދުއަށް ބަދަލުކުރެވިފައެވެ.  ރަގަޅެވެ. އެއީ ސިޓީގެ މައިރަށެވެ.

އެހެނަސް އަތޮޅުގެ މީހުން ބެހިފައިވާގޮތުން ތަރައްޤީގެ ވިސްނުން މާލޭގައި ހެދިގޮތަށް “ގާތަށް’ ދެމުމުގެ އެއްވެސް ބޭނުމެއް އެބައޮތްހެއްޔެވެ. މާލެ ރަގަޅަށް ޕްލޭން ނުކޮށްއޮތްވައި “ގާތަށް’ ދަމައި ހުސްކުރުމުން ފެންނަ ނަތީޖާ ތަޖުރިބާ އަހަރެމެންކޮށްފީމު ނޫންތޯއެވެ.

މިއީ ވިޔަފާރީގެ އުސޫލަށް ބަލާއިރު ރަގަޅު ވިސްނުމެއް ނޫނެވެ.  މިވިސްނުން އަހަރުމެންގެ މައްޗަށް ކަންކަން ނިންމަންތިބި ވެރިން ނުވިސްނަނީ ކީއްވެގެންބާވައެވެ. ބޭނުންވަނީ އަތޮޅުގެ އެހެން ރަށްރަށަށް ރަށްޔިތުން އިތުބާރާއެކު ގޮސް އެއްބަޔަކު އަނެއްބަޔަކަށް ޓްރޭޑް ހިންގޭނެ ހަރުދަނާ އަވަސް ނިޒާމެކެވެ.

ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ތަރައްޤީގެ ފުރިހަމަ ޕްލޭނެއް ނެތެވެ. އައްޑުއަތޮޅުގައި އެބައޮތެވެ. ‘ވިޜަން އައްޑޫއެވެ’. ރާއްޖޭގެ އެއްވެސް އަތޮޅެއްގައި “ލޭންޑް ޔޫސް ޕްލޭނެއް” ނެތެވެ. އައްޑުއަތޮޅުގައި އެބައޮތެވެ. މި ޕްލޭންތައް ތަންފީޒު ކުރަން ޖެހެއެވެ. ނުވަތަ ހުއްދަތައް ނަގައިގެން ކުރަން ރާވަން ޒިއްމާނަގާފަރާތަކީ ކައުންސިލެވެ. މިކަމުގައި އައްޑުއަށް ނިސްބަތްވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި،އަތޮޅަށް ނިސްބަތްވާ ނޫސްތަކުގެ ޒިއްމާބޮޑެވެ.

އައްޑުއަތޮޅުގެ ތަރައްޤީ އޮންނަންވާނީ ބެލެންސްކޮށެވެ. ހުރިހާ ރަށްރަށަށްވެސް ހަމަހަމަ ފުރުސަތުތައް އޮންނަގޮތަށެވެ. މިސާލަކަށް މީދޫގައި މަސްފެކްޓްރީ އަޅަންޖެހުނީ ކައުންސިލުންނާއި އަތޮޅުގެބަޔަކު މީހުން”އެއްލާލުމުންނެވެ”.

މީދޫގައި މަސްފެކްޓްރީ އެޅިޔަސް މި އަތޮޅާއި މި ސަރަޙައްދުގެ ޤާބިލް އެންމެންނަށް ވަޒީފާ ލިބެންވާނެއެވެ. މިގޮތުން މިހާރުވެސް މަސްފެކްޓްރީގެ ބައެއް އިސްމަގާމުތަކުގައި ތިބީ ހިތަދޫ މީހުންނެވެ. ހަމައެގޮތަށް ހިތަދޫގައި އޮފީހެއް ހެދިޔަސް މިކަން އޮންނަންވާނީ މިހެންނެވެ. މައްސަލައަކީ އެފުރުސަތު ނެތުމެވެ. ނުވަތަ ނުދިނުމެވެ. ނުވަތަ ހަނިކުރުމެވެ.

ކަންމިހެން އޮތް އިރު އަތޮޅުގެ އެއްވެސް ބިތަކަށް ތަރައްޤީގެ ކުލަވަރު އަންނަމަ އެކަމަކުން މުޅި އަތޮޅަށް ފައިދާ ކުރުވަނިވިގޮތްތަކަށް ވިސްނުން ދޫކޮށްލަންޖެހެއެވެ. އެއީ އިންތިޚާބުކޮށްފައި ތިބި ކައުންސިލަރުންގެ ޒިއްމާއެވެ. ކަރަޕްޝަނާއި،ޒާތި ތަޢައްޒުބާއި އަމިއްލަ އެދުންދޫކޮށް ނަޒާހަތްތެރިކަން ކުރިއަށް ނެރެން ޖެހެނީ ރަށާއި،އަތޮޅާއި،ސަރަޙައްދުގެ ތަރައްޤީއަށްޓަކައެވެ.

ޒުވާނުން ވަޒީފާބޭނުނެވެ. ޢިލްމާއި ތަމްރީނު ބޭނުމެވެ. ޢުމުރުން ދުވަސްވީ މީހުން ބޭސްފަރުވާއާއި އާސަންދަ ބޭނުމެވެ.  އެހެނިހެން ޔޫޓިލިޓީސްގެ ޚިދުމަތްތައް ބޭނުމެވެ. އިޖްތިމާޢީގުޅުންތައް ބަދަހިކޮށް ޢާއިލީ ގުޅުންތައް ހަރުދަނާ ކުރަން ބޭނުންވެއެވެ. ވިސްނުންތެރިކަމާއި، ޒިއްމާދާރު ކަމާއިއެކު “ޑިސިޝަންތައް މޭކް” ނުކުރާނަމަ ފުރުސަތުގެއްލިގެން އައްޑުއަތޮޅު އަނެއްކާވެސް ވާނީ ބާކީއެވެ. އޭރަކުން މީދޫމީހުންވެސް “ސ.އަތޮޅު” ހަދަން ގޮވައި ސޯޝަލްމީޑިއާގައާއި، އެހެނިހެން ތަންތަނުގައި ކޯޅި ކޯޅިއަށް މަޝްވަރާތައް ނުކުރާނެއެވެ. ނުގޮވާންވީ ސަބަބެއްވެސް ނެތްތާއެވެ. މިއީ ދ.އަތޮޅާއި ފ.އަތޮޅަށް ވުރެ އާބާދީ ބޮޑު ރަށެއްވިއްޔާއެވެ.

ނޯޓް: މިއީ 30 ޖެނުއަރީގައި 2019 ގައި މިނޫހުގައި ލިއުއްވާފައިވާ ލިއުއްވުމެއް

advertisement

  • ކޮމެންޓްސް (1)

  • ޝީމާ

    ސ،މީދޫ އެޅެގޭ އިބްރާހިމްދީދީގެ ޢަބްދުالله ދީދީ މީދޫގައި ހުންނަވައިގެން އައްޑު އަތޮޅު އަތޮޅުވެރިކަންކުރެއްވި ވާހަކަ އިވޭ.

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓީ.އެފް.ޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީ.އެފް.ޖީ) ގެ ސްޕޯޓްސް ...

“ކޮބާހޭ ފަންޑު ކުރި މީހާ”

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އަށް ފަންޑު ކުރި މީހުން ...

އަތޮޅުތެރޭގެ  ގާއިމުކުރާ އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު އައްޑޫސިޓީގައި އިމާރާތްކުރަނީ  

އަތޮޅުތެރޭގެ  ގާއިމުކުރާ އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު އައްޑޫގައި  އިމާރާތްކުރުމަށް  ނިންމައިފިއެވެ އަތޮޅުތެރޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ  އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު ...