މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް ހިތަދޫ ރަށްދެބައިގޭ ފާޠިމަތު ނަޞީރު އައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް  ފާޠިމަތު ނަޞީރު  އައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް އައްޑުއަތޮޅު ހިތަދޫ ރަށްދެބައިގޭ ފާތުމަތު ނަސީރު ،  ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާފައިވަނީ 28 ނޮވެމްބަރ 2018 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ފާޠިމަތު ނަސީރަކީ ރައީސް ނަޝީދުގެ ސަރުކާރުން އުފެއްދި ސަދަން ޕްރޮވިންސްގެ އެޑިއުކޭޝަންގެ އެންމެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ.

ފްރޮވިންސް އުވާލުމާއި ގުޅިގެން ފަހުން ނެޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން ސުޕްރިޑެންޓެންގެ މަގާމަށް ފާތުމަތު ނަސީރު ބަދަލު ކުރެއްވުމާއި ގުޅިގެން ފާތުމަތު ނަސީރު މަސައްކަތް ކުރައްވަމުން ގެންގޮސްފައިވަނީ  އައްޑޫ ހައި ސްކޫލްގައި ހުންނަ އެޑިއުކޭޝަން އޮފީހުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަމުން ޑާކާއަށް ބޭއްވި ފުރަތަމަ ފްލައިޓުން ބަގްލަދެޝްގެ 135 މީހުން ފުރުވާލައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ބަންގްލަދޭޝްގެ ޑާކާ އަށް ފުރި ފުރަތަމަ ފްލައިޓުން ބަގްލަދޭޝްގެ 135 މީހުން ފުރައިފި ...

ޚިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓް އަންފްރީޒްކޮށްފި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައިވަނިކޮށް އެ އެކައުންޓް ދޫކޮށްލުމަށް ސިވިލް ކޯޓުން ...

ފައިނަލްމެޗްގެ ކުޅިބެއްލެވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްސަ ފެރީ ދަތުރެއް

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި މިހާރު ކުރިއަށްދާ  ” ...