ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމަށް ސ. ހިތަދޫ އާސީނުގޭ ހޫދު އައްޔަން ކުރައްވައިފި

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ގެ މަގާމަށް އިބްރާހިމް ހޫދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް ސ. ހިތަދޫ އާސީނުގޭ ހޫދު އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ހޫދު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވާފައި ބޭފުޅެކެވެ. އޭރު ހޫދު ހުންނެވީ ނައިބު ރައީސް މުހައްމަދު ވަހީދުގެ ސެކްރެޓޭރިއޭޓުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގަ އެވެ.

ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ހޫދު ވަނީ ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ފަހުން ހޫދު ހުންނެވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ މަގާމުގަ އެވެ. އަދި އޭނާ ވަނީ ފޮރިން މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗައިނާގައި ބޭއްވި ލަވަކިޔުމުގެ މުބާރާތުން 2ވަނަ ސައިނާއަށް ލިބިއްޖެ

ޗައިނާގައި ބޭއްވި “ސިލްކް ރޯޑް، ޔަންގް ޑްރީމްސް” ޕްރޮގްރާމްގެ ލަވަ ކިޔުމާއި މިއުޒިކްގެ ފަންނުވެރިކަމުގެ މުބާރާތުގެ 2 ވަނަ ...

2017 ވަނަ އަހަރުގެ ލޮއުރިއަސް ކުޅިވަރު ޝަޙްސިއްޔަތުގެ މަޤާމް ފެޑެރާއަށް

2017  ވަނަ އަހަރުގެ ލޮއުރިއަސް ކުޅިވަރު ޝަޙްސިއްޔަތުގެ މަޤާމް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ރޮޖަރ ފެޑެރަރ ހޯދައިފިއެވެ. ...

ހުވަދުއަތޮޅުގައި ސީޕްލޭން ހަބެއްވެސް ޤާއިމް ކުރެވޭނެ – ރައީސް

ގދ.ފަރެސްމާތޮޑާގައި މި ސަރުކާރުން އަޅާ އެއާޕޯޓާއެކު އެ ސަރަޙައްދުގައި ސީޕްލޭން ހަބެއްވެސް ޤާއިމް ކުރެވިގެން ދާނެ ކަމަށް ރައީސުލްޖުމްޖޫރިއްޔާ ...