އައްޑޫސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް، ކައުންސިލުން އެކުލަވާލި ޕްލޭނަށް ޚިޔާލު ހޯދައިފި

އައްޑޫސިޓީގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް، އައްޑޫސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނަށް ޚިޔާލު ހޯދުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކައުންސިލް މެންބަރުންގެ އިތުރުން، އައްޑޫ ސިޓީގައި ޙަރަކާތްތެރިވާ ފަތުރުވެރިކަމާ ގުޅުންހުރި ފަރާތްތަކާއި، ދައުލަތުގެ ބައެއް މުއައްސަސާތަކާއި، އައްޑޫ ސިޓީގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ގެސްޓް ހައުސްތައް ހިންގާ ފަރާތްތައް ވެސް ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި، އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާމެދު ބައިވެރިންގެ ޚިޔާލުވެސް ވަނީ ހޯދާފައެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއަރުވާ ތަރައްޤީ ކުރުމަށް އައްޑޫސިޓީ ކައުންސިލުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްޑޫސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު އައްޑޫގެ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ވަނީ، އިކުއަޓޯރިއަލް ޓްރެވެލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އެޓާ)ގެ ނަމުގައި ޖަމްޢިއްޔާއެއްވެސް މިއަހަރު ކުރީކޮޅު އުފައްދާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރުން ފުޓްބޯޅައަށް ކުރާ ހޭދައަށް އެފްއޭއެމުން އިހުމާލު ވެފައި ނުވާނެ- އެފްއޭއެމް

ސަރުކާރުން ފުޓްބޯޅައަށް ކުރާ ހޭދައަށް އެފްއޭއެމުން އިހުމާލު ވެފައި ނުވާނެކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.  އެފްއޭއެމުން މިހެން ބުނެފައިވަނީ ރާއްޖޭގެ ...

ކޮންގްރެސް ނުބޭއްވޭނެކަމަށް ފީފާއިން ބުނެފި

މިމަހުގެ 15ވަނަ ދުވަހު ވިކްޓްރީ ސްޕޯޓްސް ކުލަބްއިން އިސްވެ އޮވެ ބާއްވަން މަސައްކަތް ކުރި ކޮންގްރެސް ނުބޭއްވޭނެކަމަށް ފީފާއިން ...

ކ.އަތޮޅުން ފެށިގެން ލ، އާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓްނެރެފި

ކއަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ...