އައްޑޫ ސިޓީގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއެކު އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށް، މަޝްވަރާކޮށްފިއެވެ.

އައްޑޫ ސިޓީގެ ހުރިހާ ކައުންސިލް މެންބަރުންނާއެކު އިންޑިއަން ހައި ކޮމިޝަނުގައި އިއްޔެ ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ ބައްދަލުވުމުގައި ކައުންސިލުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުންނާއި އައްޑޫގައި އިންޑިއާގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އޭގެ އިތުރުން އިންޑިއާއާއި އައްޑޫއާ ދެމެދު ވައިގެ ދަތުރު ފެށުމަށާއި ކަނޑުމަގުން މުދާ އެތެރެކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި އިންޑިއާ ސަފީރާއެކު އައްޑޫ ކައުންސިލް މެންބަރުންވަނީ މަޝްވަރާ ކުރައްވައިފައެވެ.

އައްޑޫ ސިޓީގެ ކައުންސިލުން އިންޑިއާ ސަފީރާ ބައްދަލުކުރައްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެ މެންބަރުންނާ އިއްޔެ ބައްދަލުކުރައްވައިފައެވެ. އެގޮތުން އެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ ކައުންސިލުން ހުށަހެޅިކަންކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެކުވެރިކަމުގެ ފުޓްސަލްމެޗް ހުޅުމީދޫ ޕޮލިސް ކާމިޔާބުކޮށްފި

އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުދޫޓީމަކާ ހުޅުމީދޫ ޕޮލިސްޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލްމެޗް  ހުޅުމީދޫ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ. ...

މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި

މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ބަނދަރު ...

އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް އެގްރިކަލްޗަރ މިނިސްޓްރީން ހުއްދަދީފި

އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުއްދަދީފިއެވެ. އައްޑޫގެ ...