އެކުވެރިކަމުގެ ފުޓްސަލްމެޗް ހުޅުމީދޫ ޕޮލިސް ކާމިޔާބުކޮށްފި

އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުދޫޓީމަކާ ހުޅުމީދޫ ޕޮލިސްޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލްމެޗް  ހުޅުމީދޫ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ.

ޕޮލިސް ދަނޑުގައި ރޭ ކުޅެވުނު މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 2 ލަނޑު 2 ލަނޑުން އެއްވަރު ވެފައިވުމުން މޮޅުވާޓީމެއް ކަނޑައެޅުމަށް ޕެނަލްޓީ ޖެހުނެވެ. މިގޮތުން ޕެނަލްޓީ ޖަހައިގެން ޕޮލިސް މިމެޗް ކާމިޔާބުކުރީ 5 ލަނޑު 3 ލަނޑުންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުދޫޓީމްގެ ނިޗާރުއެވެ.  މޮޅުކުޅުންތެރިއަކަށް ހޮވުނު ނިޗާރުއަށް  މެޗް އިންތިޒާމް ކުރިފަރާތުން ހުށަހަޅާފައިވާ ޓްރޮފީ ހަވާލްކޮށްދެއްވީ ހުޅުދޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއީލެވެ.

ރޭ ކުޅެވުނު މިމެޗްގައި ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫދާއިރާގެ ކުރީގެ މެމްބަރު ޝާހިދުވެސް ހުޅުދޫޓީމްގައި ހިމެނިގެން މެޗްގައި ކުޅެފައިވެއެވެ . އަދި މެޗްގައި ޝާހިދުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލީގު ކަޕް ސެމީފައިނަލް : މިޑްލްސްބަރާ އަތުން ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގެ ފުރަތަ ލެގުގައި ޗެލްސީއާއި މިޑްލްސްބަރާ ވާއްދަލުކުރި މެޗުން ޗެލްސީ ...

ސެނެގާލުން އަތުން ހޯސްޓް ގަތަރު ބަލިވެއްޖެ

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އެފްރިކާގެ ޗެމްޕިއަން ސެނެގާލް އަތުން މުބާރާތުގެ ހޯސްޓް ގަތަރު ބަލިވެއްޖެވެ. ގަތަރު ވަނީ މިމުބާރާތުގެ ...

އައިއެސްއޭ ސްޓްރީޓް ކަޕް 2018

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެރޭ ” އައިއެސްއޭ ސްޓްރީޓް ކަޕް 2018 ...