އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފި

ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމް މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިސްރާއެވެ.

ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގޮތުން މޯދީ ވިދާޅުވީ، މިދަތުރުފުޅާއެކު ރާއްޖެއާއި އިންޑިއާދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރު ހަރުފަތްތަކަށް ގެންދިއުމުގެ އައު ޒަމާނެއް ފެށިގެންދާނެކަމަށެވެ. އަދި ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވުމުގައި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އެހީތެރިވެދޭނޭކަމަށް މޯދީ ވިދާޅުވެފައި މިވަނީ، ނިމިގެންދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުމީދޫގައި ހުޅުވައިފި

މޯލްޑިވްސް އިންލަޑް ރެވެނިއު އޮތޯރިޓީ ( މީރާ ) ގެ ކަލެކްޝަން ސެންޓަރެއް ހުޅުމީދޫގައި  މިއަދު ހުޅުވައިފި އެވެ. ...

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން: ރައީސް ނަޝީދު

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރާއްޖެޓީވީ އަށް ...

ނިޔާވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީ އަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ތަަސްލީމާ އުސްމާން ...