އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފި

ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމް މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިސްރާއެވެ.

ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގޮތުން މޯދީ ވިދާޅުވީ، މިދަތުރުފުޅާއެކު ރާއްޖެއާއި އިންޑިއާދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރު ހަރުފަތްތަކަށް ގެންދިއުމުގެ އައު ޒަމާނެއް ފެށިގެންދާނެކަމަށެވެ. އަދި ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވުމުގައި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އެހީތެރިވެދޭނޭކަމަށް މޯދީ ވިދާޅުވެފައި މިވަނީ، ނިމިގެންދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސީހު މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވައިފި އެވެ. މަސީހު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ މީގެ ...

ހަމަނުޖެހުން ބޮޑުވި މެޗް މަންތަރަ ކާމިޔާބުކޮށް ކުއާޓާފައިނަލަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްފި

މަރަދޫ ޔުނައިޓެޑް  ބަލިކޮށް ގްރޫޕް ޑީން  ކްއާޓާފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ހުޅުދޫ މަންތަރަ ޓީމް ހޯދައިފިއެވެ. ގައުމު ...

ކޮރޯނާވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 14750 އަށް އަރައިފި

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 14،750 އަށް އަރައިފިއެވެ. މި ބަލި ...