ސިޔާކަޕް 2018 – ފުރަތަމަމެޗް ކާމިޔާބުކުރީ ގައުމު އެފްސީ

ސިޔާކަޕް ފުޓްބޯޅަ މުބާރާތް އިއްޔެ ހަވީރު މީދޫގައި ފަށައިފިއެވެ.

ފަސްޓީމު ބައިވެރިވެފައިވާ މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެޓީމަކާ އެއްފަހަރު ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލަށް ހޮވޭގޮތަށެވެ.

މިމުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މެޗްގައި ބައްދަލުކުރީ ގައުމު އެފްސީއާއި ކެނެރީފް ( ހެރަތެރެރިސޯޓް) ބައްދަލުކޮށް ކުޅުނުމެޗެވެ.

މިމެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ގައުމު އެފްސީއެވެ. މިމެޗްގައި ގައުމު އެފްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހިންޓޭއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހިންޓޭއަށް ސިޔާކަޕްގެ ފަރާތުން ހުށަހާފައިވާ ޓްރޮފީ ހިންޓޭއާއި ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރިމެހްމާނު މީދޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ކާމިލު ( ގާރީ ) އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސެނެގާލުން އަތުން ހޯސްޓް ގަތަރު ބަލިވެއްޖެ

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އެފްރިކާގެ ޗެމްޕިއަން ސެނެގާލް އަތުން މުބާރާތުގެ ހޯސްޓް ގަތަރު ބަލިވެއްޖެވެ. ގަތަރު ވަނީ މިމުބާރާތުގެ ...

ސިޔާކަޕް 2018 – ކެނެރީފުގެ ސަބްއޯޝަނިކު މުބާރާތުން ވިކިވެއްޖެ

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި މުބާރާތް އިންތިޒާމްކުރި ފަރާތުން ދެއްވި ޚާއްސަ ދައުވަތަކަށް    މުބާރާތުގައި ބައިވެރި ސަބްއޯޝަނިކުން މުބާރާތުން ވަކިވެއްޖެވެ. ...

އޮޑެގާޑާ ރަމްސްޑޭލް އާސެނަލަށް ސޮއިކޮށްފި

ނޯވޭއަށް ކުޅޭ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް އަދި ޝެފީލްޑް ޔުނައިޓެޑް އަށް ކުޅޭ ގޯލްކީޕަރު އާރޮން ...