އައްޑޫސިޓީގެ އަވަށު މަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ކައުންސިލުން ހުޅުވާލައިފި

އައްޑޫސިޓީ ކައުންސިލްގެ އަވަށުމަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ކައުންސިލުން އިއްޔެ  ހުޅުވާލައިފިއެވެ.

ކައުންސިލުން އިއްޔެ ނެރުއްވި އިއުލާނުގައިވާ ގޮތުން އަވަށު މަޝްވަރާ ކޮމެޓީތައް އުފެއްދުމުގެ މަޤްޞަދަކީ ކައުންސިލުން ސިޔާސަތު އެކުލަވާލުމުގައި ވީހާވެސް ގާތުން ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދޭނޭ ނިޒާމެއް ގާއިމްކުރުމާއި، ވަކިވަކި ދާއިރާތަކަށް ބޭނުންޖެހިފައިވާ ކަންތައްތައް ދެނެގަތުމާއި، ކައުންސިލުން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށް މަގު ފަހިކުރުމާއި، އަދި އަވަށު ފެންވަރުގައި ބަސްކިޔޭނޭ ނިޒާމެއް ގާއިމްކުރުމެވެ.

ރައްޔިތުންގެ ބައިވެރިވުމާއިއެކު ކޮމެޓީތައް ހިންގުމަށްޓަކައި މެމްބަރުން ނަގަނީ 5 ދާއިރާއަކުންނެވެ. އެއީ، އިޤްތިސާދީ ދާއިރާ، ޞިއްޙަތާއި މުޖުތަމައުގެ ދާއިރާ، ތަޢުލީމާއި މުއާސަލާތުގެ ދާއިރާ، ތިމާވެށްޓާއި ޔުޓިލިޓީސް ގެ ދާއިރާ، އުމުރާނީ އާއި ތަރައްޤީގެ ދާއިރާ އެވެ.

ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ، އަދި މީދޫ މިއިން ކޮންމެ އަވަށެއްގައި އަވަށު މަޝްވަރާ ކޮމެޓީއެއް އުފެއްދުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ކޮމެޓީތަކުގައި ތިއްބަވާނީ ގިނަވެގެން 15 މެމްބަރުންނެވެ. އަދި މަދުވެގެން 7 މެމްބަރުންނެވެ.

އައްޑޫސިޓީ ކައުންސިލްގެ އަވަށު މަޝްވަރާ ކޮމެޓީތައް ކައުންސިލުން އުފައްދަވާފައިވަނީ އައްޑޫސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ 35 ވަނަ ޖަލްސާގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެންޓި-ޑިފެކްޝަންގެ ބިލާއި ފަނޑިޔާރުންގެ ޤާނޫނަށް ހުށެހެޅި އިސްލާޙު، ރައީސް ތަސްދީޤު ކުރައްވައިފި

ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ...

ހެޕީމާކެޓުން ރޯދަ ހަދިޔާ ބަހައިފި

ހެޕީމާކެޓުން ހުޅުދޫގެ މީހުން އުޅޭ ހުރިހާ ގެއަކަށާ މީދޫގެ ބައެއްގޭގެއަށް ރޯދަ ހަދިޔާ ބަހައިފިއެވެ. ހެޕީމާކެޓުން ހުޅުދޫގެ ހުރިހާގެއަކަށް ...

ހޯޑެއްދޫ ޑްރަގް އޮޕަރޭޝަން: ޖުމްލަ 82 ކިލޯ ޑްރަގް ހޯދައިފި

ފުލުހުން ގދ.އަތޮޅުގައި ހިންގާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 82 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ. އެކަން ހާމަކުރެއްވީ ...