އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެކުރި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މިކުއްޖާ ހައްޔަރުކޮށްފައިވަނީ މާލޭން ސ. ގަމަށް ދަތުރުކުރާ ފްލައިޓަކުން، ގަމަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޭޕްރީލް 07ވަނަ ދުވަހުގެ ރޭ 1:00 ހާއިރު ހިންގި އޮޕަރޭޝަންގައިއެވެ.

މިކުއްޖާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މި ކުއްޖާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލަ ގަން ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސަށް ރިޔާސީ ޓިކެޓް އަރުވާ ޖަލްސާވާނީ އިދިކޮޅު ފަރާތްތައް ސިއްސައިގެންދާފަދަ ޖަލްސާއަކަށް: ޝަރީފް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުމަށް މިރޭ ބާއްވާ ޖަލްސާ ވެގެންދާނީ އިދިކޮޅު ފަރާތްތައް ...

އަޝްފާގު ކޮވިޑުން ފަސޭހަވުމުން ޖެނިފާ އެކަމާ ސުވާލު އުފައްދަވައިފި

ގައުމީ ފުޓްބޯޅަ ޓީމްގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ، އަލީ އަޝްފާގު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނުތާ ފަސް ...

16 އަހަރަށް ފަހު ރާމޯސް ރިއާލް ދޫކޮށްލަނީ

16 އަހަރަށް ފަހު ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެޓީމު ދޫކޮށްލަން ނިންމާފައިވާކަމަށް ރިއާލްއިން ބުނެފިއެވެ. މިމަސް ...