އައްޑޫގެ އަވަށްތަކުގެ މީހުން  އެއްއަވަށުން އަނެއް އަވަށަށް  ނުދެވޭ ގޮތަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިގޮތައް ހަމަޖައްސަވާފައިވާކަން އިއުލާންކުރެއްވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫސިޓީ މޭޔަރު އަދި  ކޯވިޑް-19 އާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ ކޯޗެއާ އަބްދުﷲ ސޯދިގެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤްވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭއިން މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށްވެސް ޚާއްސަ ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އާންމު އިޖްތިމާޢީ އެއްވުން އެއްވެސް ތަނެއްގައި ބޭއްވުން މަނާ ކޮށްފައިވާތީވެ، އައްޑޫސިޓީގައިވެސް ވިޔަފާރި ކުރާތަންތަން ހުޅުވައިގެން ޚިދުމަތް ދެވޭނެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މޭޔަރ ސޯދިޤް ވިދާޅުވީ، ސިޓީ ކައުންސިލުން ހަމަޖައްސަވާފައިވާ ގޮތުގެ މަތިން އައްޑޫގެ ހުރިހާ ފިހާރައެއްވެސް ދެން ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 5:00 އާއި ހަމައަށެވެ. އަދި ފިހާރަތަކާއި ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ރޭގަޑު 10:00 އާއި ހަމައަށް ޑެލިވަރީ ކުރެވޭނެގޮތައް ހަމަޖައްސަވާފައިވާކަމަށެވެ.

” ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދެވޭނީ  ޑެލިވަރީ އުސޫލުން ، އަދި އައްޑޫސިޓީގެ އަވަށްތަކުގައި ބޭނުންކުރަމުންދާ ގާޑިޔާތަކުންވެސް ޚިދުމަތް ދޭންޖެހޭނީ ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދިނުމަށް ކަނޑައެޅި އުސޫލުން ” މޭޔަރ ސޯދިގު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ މިކަމުގައި ކޮންމެ ރަށެއްގައި ވެސް ޤާއިމު ކުރެވިފައިވާ ސޯޝަލް ސަޕޯޓު ޑެސްކުން އެރަށެއްގެ ރައްޔިތުންނަށް އެހީތެރިވާނެކަމަށެވެ.

ކޯވިޑް 19 ކުއްލިގޮތަކަށް މާލޭގައި ފެތުރޭ މިންވަރު އިތުރުވުމާއިގުޅިގެން  ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ހާލަތެއްގައި މެނުވީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް އަރާ ފޭބުންވެސް ސަރުކާރުންވަނީ މަނާކޮށްފައެވެ.

ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން އަރާ ފޭބުން ސަރުކާރުން މަނާކުރުމާއި ގުޅިގެން ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި އެކުލަވާލާފައިވާ ޓާސްކްފޯސްގެ ކޯޗެއާ އަބްދުﷲ ސޯދިގު ވިދާޅުވީ އެކަމުގައި އައްޑޫސިޓީގައި  އަމަލު ކުރާނެ އުސޫލެއް ކަނޑައަޅާފައިވާކަމަށެވެ.

މޭޔަރ ސޯދިގު ވިދާޅުވީ އައްޑޫސިޓީގެ ބޮޑުބައި ހިމެނޭ އަވަށްތަކަކީ  ގުޅިފައިވާ ރައްތަކެއްގެ މައްޗަށް އެކުލެވިގެން ވާ ސިޓީ އަކަށްވާތީ  އެއްގަމު މަގުން ހިތަދޫ އާއި މަރަދޫއާއި ދެމެދު ހުރަސް ނުކުރެވޭނެގޮތައް މިހާރު ހަމަޖައްސަވާފައިވާކަމަށާ އަދި މަރަދޫ-ފޭދޫ އިން ފޭދޫ އަށް ވެސް ހުރަސް ނުކުރެވޭ ގޮތަށްވަނީ މިހާރުވަނީ ހަމަޖައްސާފައިކަށެވެ.  މީގެ އިތުރުން އައްޑޫ ސިޓީގެ ގަން ވެސް އާންމުންނަށްވަނީ ބަންދުކޮށްފައިކަށް މޭޔަރ ސޯދިގު ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސިނަމަވެސް އައްޑޫސިޓީގައި ސިއްޙީ ހިދުމަތްދޭ ތަންތަނާއި އަދި ފާމަސީތައް އިސްތިސްނާވާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. މިހާލަތުގައި ޞިއްހީ ޚިދުމަތެއް ބޭނުންވެއްޖެ ނަމަ އެއަވަށެއްގެ ޞިއްހީ މަރުކަޒަށް ދެއްކޭނެ ކަމަށާއި، އެތަނަކުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ދެއްކުމަށް ނިންމައިފި ނަމަ ގުޅިފައިވާ ރަށްތަކުން އަދި ވަކިން އޮންނަ ހުޅުދޫއާއި މީދޫންވެސް އެހޮސްޕިޓަލަށް ބަލިމީހުން ގެންދިއުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ކޯވިޑް 19ގެ 9 ކޭސް މާލެއިން ފެނި މިބަލި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް ފައިވާއިރު މިކަމުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

ކޯވިޑް 19އާ ގުޅިގެން މާލެން ފުރަތަމަ ޕޮޒިޓިވް މީހާއާއި ކޮންޓެކްޓް ވެފައިވާ މިހަކު އައްޑޫސިޓީ ހިތަދޫގައި ހުރުމުން ހިތަދޫ ނޫމަސްވާދީ ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. އެހެން ނަމަވެސް މާލެން ބަލިޖެހިފައިވާ މީހާއާއި ކޮންޓެކްޓްވި ހިތަދޫ މީހާގެ ފުރަތަމަ ޓެސްޓް ވަނީ ނެގެޓިވްވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޮވެމްބަރު 1 ގައި ރާއްޖެދާން – ރައީސް ނަޝީދު

އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ރާއްޖެވަޑައިގަންނަވަން ގަސްތުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ...

ކޭސްތައް އިތުރުވެގެންދާނަމަ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ނުގެންދާނެ – އަމީން

ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާނަމަ ސްކޫލްތަކުގެ ކިޔެވުން ނުފެށޭނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ...

މަޙްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން އަންގައިފި

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ...