ކޮވިޑް-19: މާލެއިން ޕޮސިޓިވްވި މީހުންގެ އަދަދު 15 އަށް އަރައިފި

މާލެ އިން ކޮވިޑް-19 އަށް 15 ވަނަ މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ

މިއީ ރެއާއި މިއަދަށް ބަލާއިރު މި ބައްޔަށް މާލެއިން ޕޮޒިޓިވްވި 7 ވަނަ މީހާއެވެ. މިއަދު މާލެއިން ބިދޭސީއަކުވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. ބަނގްލަދޭޝްގެ މި މީހާއަކީި މި ބައްޔަށް ޕޮޒިޓިވްވި ދިވެއްސަކާއި ކޮންޓެކްޓުވި މީހެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެެ

ކޯވިޑް-19 އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ، އެމީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 34 މީހެކެވެ. މީގެ ތެރެއިން 14 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން:

15 އޭޕްރީލް – އެކަކު
16 އޭޕްރީލް – 2 މީހުން
17 އޭޕްރީލް – 6 މީހުން
18 އޭޕްރީލް – 7 މީހުން

ރަނގަޅުވި މީހުން
20 މާރޗް 2020ގައި 2 މީހަކު
21 މާރޗް 2020ގައި އެކަކު
23 މާރޗް 2020ގައި 2 މީހަކު
25 މާރޗް 2020ގައި 3 މީހަކު
26 މާރޗް 2020ގައި އެކަކު
28 މާރޗް 2020ގައި 2 މީހަކު
29 މާރޗް 2020ގައި 2 މީހަކު
12 އޭޕްރީލް 2020 އެކަކު
14 އޭޕްރީލް 202 2 މީހުން

ކޯވިޑް 19 އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައިނުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކޮށްފި

ފައިނުން ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރު ފައިނު ކައުންސިލުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ...

ސްރީދޭވީ މަރުވެއްޖެ

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސްރީދޭވީ ވަރަށް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. ސްރީދޭވީ މަރުވެފައި ވަނީ ހިތް ހުއްޓިގެން، ހޮނިހިރު ...

އައްޑޫގައި މީހެއްގެ ލޮލުން އެފްރިކަން އައި ވޯމްއެއް ނަގައިފި

ބިދޭސީ މީހެއްގެ ލޮލުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުފެންނަ އެޕްރިކަން އައި ވޯމް (ލޮއިއޭސިސް) އެއް އައްޑޫ ...