ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ލާންޖެހުނީ ކުރީގެ ޑިފެންސް މިނިސްޓަރ ޠޮލްހަތު އިބްރާހިމްގެ އިހުމާލުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ލާންޖެހުނީ ކުރީގެ ޑިފެންސް މިނިސްޓަރ ޠޮލްހަތު އިބްރާހިމްގެ އިހުމާލުންކަމަށް އޭރު މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި މިހާރުގެ ރަށްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ކޮށްފައިވާއިރުގައި އެޖަލު ހުކުމް ކުރަންޖެހުނީ ރައީސް ނަޝީދު ކުރެއްވިކަމަކުންކަމަށް ގަބޫލް ނުކުރައްވާކަމަށްވެސް ދީދީ ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދު އަންގަވައިގެން ކްރިމިނަލްކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރިކަންއެގޭ އެއްވެސް ލިއުމެއް ނެތްކަމަށވެސްް ދީދީ ވިދާޅުވިއެވެ.  އަދި އޭރު އެކަންކޮށްފައިވަނީ އޭރުގެ ޑިފެންސް މިނިސްޓަރ ޠޮލްހަތު އިސްކޮށް ހުންނަވައިގެންކަމަށްވެސް ދީދީ ވިދާޅުވިއެވެ. ދީދީ ވިދާޅުވީ ރައީސް ނަޝީދަށް މިމައްސަލާގައި ނުހައްގުން ގިނައަނިޔާތަކެއް ލިބިފައިވާކަމަށް ގަބޫލްކުރައްވާކަމަށެވެ.

މީގެ އިތުރުން އޭރުގެ ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ދެތިން ދުވަސްކުރީން ފޮނަދޫދާއިރާގެ މިހާރުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އޭރުގެ ޑިފެންސް މިނިސްޓަރު ޠޮލްހަތުއާއި ބައްދަލުކުރައްވާފައިވާކަމަށާ އެފަދަ ސުވާލުއުފެދޭ އެތައްކަމެއް ދިމާވެފައިވާކަމަށްވެސް ދީދީ ފާހަގަކުރެއްވިއެވެ.

” އަޅުގަޑުމެންނަށް ފެނިގެންދިޔައީ ޑިފެންސް މިނިސްޓަރަކަށް ނުބައިބޭފުޅަކު ( ނުބައޭ މިދެންނެވީ އެމަގާމުގައި ތެދުވެރިކަމާ ވަފާތެރިކަމާއެކު މަގާމް އަދާނުކުރެވޭ ބޭފުޅަކު ) މަގާމަށް ލީމާވާނެ ހުރިހާ ނުބައެއް ވެގެންދިޔަތަން . އަޅުގަޑު ދެކޭގޮތުގައި  ޑިފެންސް މިނިސްޓަރަކަށް ޠޮލްހަތު ހުންނަވައިގެން އެކުރެއްވި ކަމަކީ ވަރަށްވިޔާނުދާކަމެއް . އަޅުގަޑު އެދުވަހުވެސް ދެންނެވިން އެކަން ނުކުރާށޭ ، މިގައު ހަލާކުގެ ތެރެއަށޭ ތިވައްޓާލަނީ . ތިކަން ނުކުރާށޭ . ބުނާއިރަށް އެބޭފުޅާ އަޅުގަޑާ ދިމާއަށް ވިދާޅުވި ގައުމީސަލާމަތަށް ނުރައްކާ ވެއްޖެއޭ . އަޅުގަޑު ދަންނަވަންތޯ ގަައުމީސަލާމަތުގެ ވާހަކަ ޠޮލްހަތު އިބްރާހިމްއަކަށް އަޅުގަޑުކައިރީގައި ނުވެސް ދެއްކޭނެ . އެބޭފުޅާއަކަށް ނުވެސް އެގޭނެ ގައުމީ ސަލާމަތަށް ނުރައްވާވަނީ ކިހިނެއްކަން .”

ދީދީ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަހެއް ރާއްޖޭގައި ގާއިމްކޮށްދޭނަން: ރައީސް

ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަހެއް އަޅުއްވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް ...

ޕީޕީއެމް/ޕީއެންސީން ތާއީދު ކުރާނީ ރިޔާސީ ނިޒާމަށް

ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ތާއީދުކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. ...

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ރަސްމީ ޖާފަތެއް ބާއްވަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އެ މަނިކުފާނުގެ ޝަރަފުގައި ...