ހުރިހާ ރައްޔިތުންގެ ޞިއްޙީ ޙާލަތު ދެނެގަތުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށަނީ

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސިއްޙީ ޙާލަތު ދެނެގަތުމުގެ ޚާއްޞަ ޕްރޮގްރާމެއް އަންނަ އަހަރުގެ ކުރީކޮޅު ހިންގާނެކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޕީއެސްއެން ނިއުސްއިން ގެނެސްދިން ސަރުކާރުގެ ހަތަރު އަހަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ އެންމެ މުހިއްމު ހިރާސްތަކަކީ، ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅުމެވެ. ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނާތީ، އެކަމުން އަރައިގަތުމަށް ރާއްޖޭގައި އެ ހާލަތު އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ފާހަގަކުރެއްވިއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން ސަރުކާރުގެ 4 އަހަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ގައިގަޔަށް ނާރާ ބަލީގެ ޙާލަތު ރާއްޖޭގައި އޮތް މިންވަރު މިހާތަނަށް ދެނެގަނެވިފައިނުވާކަމަށެވެ. ކެންސަރު ބައްޔާއި ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކިޑްނީގެ ބަލިތައްފަދަ އެތައް ބައްޔަކަށް ދިވެހިން ހުށައެޅިފައިވީނަމަވެސް ބަލީގެ ކުރީކޮޅު ގިނަ މީހުން ސިއްޙީ ފަރުވާ ހޯދަމުން ނުދާކަމަށެވެ. އެކަން އެހެންވަނީ އެމީހެއްގެ ސިއްޙީ ހާލަތު ރެކޯޑު ކުރެވިފައިނުވުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ގައިންގަޔަށް ނާރާ ބަލީގެ ހާލަތު ދެނެގަތުމަށް ޚާއްޞަ ޕްރޮގްރާމެއް އަންނަ އަހަރުގެ އެންމެ ކުރީކޮޅު ހިންގާނެކަމަށެވެ. އެއިރުން އެފަދަ ބަލިތައް ދެނެގަނެވި، ބަލީގެ އެންމެ ކުރީކޮޅު ފަރުވާ ހޯދަން ފަސޭހަވެ ގައިގަޔަށް ނާރާ ބަލިތަކުގެ ނިސްބަތް މަދުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އަންނަ އަހަރުގެ ޖެނުއަރީ ފަހުކޮޅު ނޫނީ ފެބުރުއަރީ ކުރީކޮޅުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސިއްޙީ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނަން. އެ ޕްރޮގްރާމްގެ ދަށުން އަޅުގަނޑުމެންނަށް އެނގޭނެ ވަރަށް ގިނަ އެއްޗެހިތަކެއް. މިހާރު މިވާގޮތަކީ ޑައިބެޓިސް ފަދަ ބަލިތައް ހުންނަ މީހުންނަށް ނޭނގޭ އެމީހުން އެބަލި ހުރިކަމެއް. އެމީހުން ޓެސްޓަކަށް ދަނީއެއް ނޫން. ނަމަވެސް މި ޕްރޮގްރާމުން އެކަހަލަ މީހުން އައިޑެންޓިފައިކުރެވޭނެ. 50 ޕަސެންޓު ޑައިބެޓިސް މީހުންނަށް އެއްވެސް ކަހަލަ ފަރުވާއެއް ނުލިބޭ. އެއީ އެމީހުންނަކަށް ނޭނގޭ އެމީހުން ޑައިބެޓިސްކަމެއް. ނަމަވެސް މިކަހަލަ ޕްރޮގްރާމެއް ހިންގިއްޖެނަމަ އައިޑެންޓިފައިކުރެވޭނެ.” ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގައި ސިއްޙީ ކަންކަމުގެ ރެކޯޑްވެސް އެންމެ އެކަށީގެންވާގޮތުގައި ބެލެހެއްޓެމުން ނުދާކަމަށް ވިދާޅުވެފައެވެ. ބައެއް ބަލިތައް މަދުކޮށް ނުވަތަ ނައްތާލުމަށް ރާއްޖެއިން މަސައްކަތްކުރާއިރު، ސިއްޙީ ރެކޯޑް ނުވަތަ ތަފާސް ހިސާބުތައް ބެލެހެއްޓުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސިއްޙީ ރެކޯޑް ބެލެހެއްޓޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ރެކޯޑް ބެލެހެއްޓުން އެންމެ ބޮޑު މައްސަލައަކީ. މާކުރިއްސުރެ ރެކޯޑްތައް ބަލަހައްޓަމުން ގޮސްފައެއް ނުވޭ. ނަމަވެސް ޑަބްލިއުއެޗްއޯ އާއި ޔުނިސެފުން އަޅުގަނޑުމެންނަށް ސޮފްޓްވެއަރ އެބަދޭ މިކަން ބަލަހައްޓަން. އެ ލިބުނީމަ އަޅުގަނޑުމެންނަށް ރަނގަޅު ޑިޖިޓަލް ރެކޯޑެއް ބެލެހެއްޓޭނެ. ޑިޖިޓަލް ރެކޯޑް ބަލަހައްޓާއިރު ސެކިއުރިޓީ ކަންކަންވެސް އެބަހުރޭ. އެއީ މީހުންގެ ޕާސަން އިންފޮމޭޝަން އޭގަ ހުންނާނީ. އެހެންވީމަ ވަރަށް ފުރިހަމައަށް އިންތިޒާމްކުރަންޖެހޭ ކަމެއް މިއީ. އެއްވެސް މީހެއްގެ ސިއްޙީ ކަންކަން އެހެން މީހަކަށް އެނގިގެން ނުވާނެނޫންތޯ.”

މިނިސްޓަރ ވިދާޅުވިއެވެ.

ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި މިހާރު ހުރި ނިސްބަތުން %25، މަދުކުރުމުގެ ޤައުމީ ފެންވަރުގެ ކެމްޕެއިނެއްވެސް ވަނީ ފަށާފައެވެ. “30އިން 25އަށް” ކެމްޕެއިންގެ މަޤުޞަދަކީ، 2030ގެ ނިޔަލަށް އެ ޢަމާޒު ޙާސިލުކުރުމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑޮކްޓަރ ޖަމީލުވެސް މާދަމާ ރާއްޖެވަޑައިގަންނަވަނީ

ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލު މާދަމާ ރާއްޖެ ވަޑައިގަތްނަވާނެކަން ހާމަކުރައްވައިފިއެވެ. ޑރ.ޖަމީލު މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު މިއަދު ...

ނަރުހުންގެ މުސާރަ %15 ބޮޑުކޮށްފި

އަލަށް އަމަލުކުރަންފެށި ނަރުހުންގެ ވަޒީފާގެ އޮނިގަނޑާއެކު ނަރުހުންގެ މުސާރަ %15 ބޮޑުކޮށްފިއެވެ. ހެލްތް މިނިސްޓްރީން ބުނީ މި މަހުގެ ...

ޓޫރިސްޓެއްގެ ލަގެޖުން ވައްކަންކުރި މައްސަލައިގައި ކޫއްޑޫގެ މޯލްޑިވިއަންގެ މެނޭޖަރު ހައްޔަރުކޮށްފި

ޓޫރިސްޓެސްގެ ލަގެޖުން ވައްކަން ކުރި މައްސަލައެއްގެ ތުހުމަތުގައި ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަންގެ މެނޭޖަރު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ...