ތަފާތު އެކި އުޒުރުތަކެއް ދެއްކެވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ނިކުމެވަޑައިގެންނެވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ސިޔާސީ ގޮތުން ރައީސް މައުމޫނަށް ޙާސިލްކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ލިބިވަޑައިގެންނެވީ ކޮން މޮޅެއް ހެއްޔެވެ؟

ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ކުރަމުން ދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވަމުން މައުމޫން ނިކުމެވަޑައިގެން ގުޅިވަޑައިގެންނެވީ ކޮންމެ ގޮތަކުން ވެސް ވެރިކަން ބޭނުންވެފައި ތިބި ބަޔަކާއެވެ.

ވެރިކަމުގެ ހުވަފެންފުޅު އަބަދުވެސް ދެކެވަޑައިގަންނަވާ ލީޑަރު ޤާސިމް އިބްރާހީމާއި އެމްޑީޕީގެ ރޫހާނީ ލީޑަރު މުހައްމަދު ނަޝީދާއި ގުޅިވަޑައިގެން މައުމޫނު ވަރުގަދަ “ކޯލިޝަނެއް” އުފެއްދެވިއެވެ.

ރައީސް މައުމޫނާއި ނުލައި ޕީޕީއެމްގެ ސަރުކާރު ދެމެހެއްޓުމަކީ ނުކުރެވޭނެ ކަމެއް ނަޝީދާއި ޤާސިމް މައުމޫނަށް ވިސްނަވައި ދެއްވިއެވެ. އެ ހަގީގަތް ޤަބޫލުކުރައްވައި މައުމޫނުގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން ނިކުމެވަޑައިގެންނެވީ މަޖިލީހުގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލުމަށެވެ. އެހެން ނަމަވެސް ޚުދު ފާރިސް އަށް އެނގިވަޑައިނުގެންނެވި ކަމަކީ، އެއީ ވެސް ކެނެރީގޭ މުހައްމަދު ނަޝީދު އަޑީގައި ހުރެގެން ރޭވި ރޭވުމެއް ކަމެވެ.

އެމްޑީޕީން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅިއެވެ. ބައެއް ޤައުމުތަކުގެ ސަފީރުންގެ އެހީތެރިކަމާއި ވެސް އެކުގައެވެ. އެހެން ނަމަވެސް އެކަމުގައި އިސްކޮށް އެމްޑީޕީން ނެރުނީ ފާރިސް އެވެ. އާޚިރު ނަތީޖާ އަކީ، ރިޝްވަތު ދެއްވަން އުޅުނު ކަމުގެ ދައުވާ ފާރިސްގެ  މައްޗަށް އުފުލި އެބޭފުޅާ ޖަލުގެ ކުޑަގޮޅީގައި ބަންދުކުރެވިފައި ހުރުމެވެ.

ސިޔާސީ ގޮތުން ފާރިސްގެ ހަޔާތް އިނދަޖައްސާލީ ސީދާ ކެނެރީގޭ މުހައްމަދު ނަޝީދު އަޑީގައި ހުރެގެންނެވެ. އެ ހަގީގަތް ޤަބޫލުކުރައްވަން ރައީސް މައުމޫން ބޭނުންފުޅު ނުވުމަކީ މުޅިން އެހެން ކަމެކެވެ.

ދެން އޮތީ ރިޔާސީ އިންތިހާބުގެ އެއް ކެންޑިޑޭޓް ނެރުމުގެ މަޝްވަރާ ކުރިއަށްދާ ގޮތެވެ. މައުމޫނަކަށް މާބޮޑު ބަހެއް ބުނުމުގެ ޖާގައެއް ނެތެވެ. ހުރިހާ ވެސް ގޮތެއް ނިންމުން އޮތީ އެމްޑީޕީ އާއި ޖޭޕީ އަށެވެ. ކަންތައް ނިމިގެންދާނީ ވެސް ބެލެވޭ ގޮތުގައި އެފަދައިންނެވެ. ނަޝީދާއި ގާސިމަށް ވާދަނުކުރެވުނަސް ދެން ވެސް ނެރޭނީ އެމްޑީޕީގެ މީހަކާއި ޖޭޕީ މީހެކެވެ.

ރައީސް މައުމޫންގެ ސިޔާސީ ހަޔާތްޕުޅު ނިމުމަކަށް އައީއެވެ. އެއްކޮޅުން އާއިލީ މައްސަލަތަކެއްގެ ތެރެއަށެވެ. ލޯބިވާ ދޮށީ ދަރިކަލުން ޖިނާއީ ތުހުމަތެއް ކުރެވި ދައުވާ އުފުލިފައެވެ. އެކަމާއި ކަންބޮޑުވެ ވަޑައިގެން އުޅުއްވަނީ މައުމޫނު އެކަންޏެވެ. އެމްޑީޕީ އާއި ޖޭޕީން ހޭބޯނާރައި އެ އުޅެނީ ކެންޑިޑޭޓެއްގެ ބަހުސްގައެވެ.

މުސްކުޅިން ބުނެ އުޅެއެވެ. އަބަދުވެސް އެންމެ ހެޔޮ އެދޭނީ އާއިލާގެ މީހުންނެވެ. އެ ހަގީގަތް މައުމޫން ވެސް ޤަބޫލުކުރައްވަން ވީ ވަގުތު މިއޮތީ އައިސްފައެވެ. މައުމޫނަށް އަދިވެސް އެންމެ ހެޔޮއެދޭނީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނެވެ. ކެނެރީގޭ މުހައްމަދު ނަޝީދާއި އެމްޑީޕީ އަކުން ނޫނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްްޑޫގައި ހަތިޔާރާއެކު ސިފައިންގެ ފަސް މަހުގެ ތަމްރީނެއް ފަށައިފި

ތަމްރީނުތަކެއް ހެދުމަށް ފަސް މަސް ދުވަހަށް އައްޑޫގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ...

ކަނޑުގެ އިންކަނޑައެޅުމުގެ މައްސަަލަ ކާމިޔާބުކުރަން ރާއްޖޭގެ ޓީމުން ކުރީ ބުރަ ބޮޑު މަސައްކަތެއް: ޕްރޮފެސަރ ޕަޔަމް

ރާއްޖޭގެ ދެކުނުން އިން ކަނޑައެޅުމުގައި މޮރިޝަސްއާ ފުށުއަރާ ސަރަޙައްދުން ބޮޑު ބައި ކާމިޔާބުކުރެވުނިީ ރާއްޖެއިން ރަނގަޅު ގިނަ މަސައްކަތްތަކެއް ...

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދުރުކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މައްސަލަ ...