އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފި

އައްޑޫގައި ދާދި ފަހުން ނުރައްކާތެރި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހުން ދޫކޮށްލައިފައި ވަނީ އެމީހުންގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

އައްޑޫގައި މިމަހު ހަ ވަނަ ދުވަހު ހިންގި މާރާމާރީގައި، 22 އަހަރުގެ ޒުވާނެއް ކަމަށްވާ އީވާންއަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ. އީވާންގެ ބުރަކައްޓަށާއި ކަރަށް އަދި ބޮލަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފަ އެވެ. އަދި އޭނާގެ ފުއްޕާމެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އައިޖީއެމްއެޗުން ބުނީ އީވާން އަށް މިހާރު ވެސް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންގެންދާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައި ދުވަހު ވެސް ސާޖަރީއެއް ހަދައިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

“އޭނާއަށް މިހާރު ވެސް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންގެންދަނީ.” އައިޖީއެމްއެޗުން ބުންޏެވެ.

ފުލުހުން ބުނީ އީވާންއަށް ހަމަލާ ދީފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގެ ތެރެއިން ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު ރަގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު ރަގަޅުވެއްޖެ . ބަލިން ރަގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ...

ސަރުކާރުގެ 8 ކުންފުނީގެ އެމްޑީގެ މަޤާމަށް އަންހެނުން

އައު ސަރުކާރުގައި މަދުވެގެން 8 ކުންފުނީގެ އެންމެ މަތީ މަޤާމަށް ވަޑައިގަންނަވާނީ އަންހެނުން ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު ...

މިފްކޯ އިން އައްޑޫ އާ ފުވައްމުލަކުގައި އޯޕަންޑޭ ތަކެއް ބާއްވަނީ

މިފްކޯ އިން އައްޑު އާ ފުވައްމުލަކުގެ ރައްޔިތުންނަށް އޯޕަންޑޭ ތަކެއް ބާއްވަން ނިންމައިފިއެވެ. މިފްކޯ އިން އައްޑޫ އާ ...