ގަންބުރި ޗެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ބާއްވަމުންދާ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޝައުގު ބަލިކޮށް ޓޫބްރަދާސް ފައިނަލާ ގާތަށް ދަތުރުކޮށްފިއެވެ. ޓޫބްރަދާސްއަށް ފައިނަލްގެ އުއްމީދު އާވެފައިވަނީ އެޓީމު މިމުބާރާތުގައި ކުޅުނު 3 މެޗުން 7 ޕޮއިންޓް ލިބުމާއި ގުޅިގެންނެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ޝައުގު ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗު ޓޫބްރަދާސް ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގައި ޓޫބްރާސްއިން ކާމިޔާބުކުރި 2 ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި މައުޝޫގު ކާމިޔާބުކޮށްދީފައިވާއިރު 2 ވަނަ ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކޮށްދީފައިވަނީ ރާއީއެވެ.

މިމުބާރާތުގައި ޓޫބްރަދާސް ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ 7 ޕޮއިންޓް ލިބިފައިވާއިރު ޝައުގު ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން ބަލިވެ 1 މެޗުން މޮޅުވެ ޝައުގަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅެވޭ މެޗްގައި ބައްދަލުކުރާނީ ޕޮލިސްއާއި ގައުމު އެފްސީއެވެ.

  

 

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސެނެގާލް އަދި ނެދަލެންޑްސް ދެވަނަ ބުރަށް

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ނެދަލެންޑްސް އާއި ސެނެގާލް ...

ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެންޒެމާއަށް، އެންމެ މޮޅު ކޯޗަކީ އެންޗޮލެޓީ

ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑުގެ ...

އައިވީ މިކްސް ވޮލީ މުބާރާތް- މީދޫޓީމް ކުޅޭ ސެމީފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު އޮންނާނެ

” އައިވީ މިކްސްޑް ވޮލީ މުބާރާތުގެ  ” ގެ ސެމީފައިނަލްގެ ފުރަތަމަމެޗްގައި މީދޫ ވޮލީޓީމް ކުޅޭމެޗްގެ ކުޅުން މިއަދު ...