ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، އަދި އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ ޑަރެން ސްޓެވާޓް މަރުވެއްޖެއެވެ.

އޮސްޓްރޭލިއާ އަށް ނިސްބަތްވާ ސްޓެވާޓް މަރުވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. މަރުވިއިރު އޭނާގެ އުމުރަކީ ފަންސާސް ދެއަހަރެވެ. ސްޓެވާރޓް މަރުވެފައިވާއިރު އޭނާ އެންމެ ފަހުން ކޯޗްކަން ކޮށްދިނީ ދިވެހި ގައުމީ ޓީމަށެވެ. އޭގެ ފަހުން އޭނާ އެއްވެސް ޓީމަކާއި ހަވާލުވެފައި ނުވާކަމަށް ބައިނަލްއަގްވާމީ ނޫސްތަކުގައިވެއެވެ.

ޑަރެން ސްޓިވާޓް މަރުވުމާއި ގުޅިގެން ދުނިޔޭގައި ފާހަގަކޮށްލެވޭ ޓީިމުތަކުންނާއި، ކުޅުންތެރިން ހިތާމަ ފާޅުކުރަމުންދާއިރު، އޭނާ މަރުވި ސަބަބެއް އަދި އާއިލާއިން ހާމަކޮށްފައި ނުވެއެވެ. ގައުމީ ޓީމުގެ ކޯޗުކަމާ ސްޓެވާޓް ހަވާލުވެފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ.

އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައިވުމާއެކު މިދިޔަ އަހަރުގެ މާޗު މަހު އެފްއޭއެމުން ވަނީ ސްޓެވާޓްގެ އެއްބަސްވުން އާކޮށްފައެވެ. އެެއެއްބަސްވުން އާކުރީ އޭޝިއަން ކަޕަށް ކޮލިފައިވުމާއި، ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމަށް ޓާގެޓް ކުރުމަށް ފަހުގައެވެ.

ނަމަވެސް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ދެފަރާތުގެ މަޝްވަރާގެ މަތިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެފްއޭއެމުން ވަނީ ސްޓެވާރޓްގެ އެއްބަސްވުން އުވާލާފައެވެ. މީގެ އިތުރުންވެސް އޭނާވަނީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބުތަކަށް ކޯޗްކޮށްދިނުމުގެ އިތުރުން އޭނާގެ ފުޓްބޯޅައިގެ ރަންދުވަސްތަކުގައި މަޝްހޫރު ކުލަބް ތަކަށްވެސް ކުޅެދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް – ލޮތަރި އެފްސީގެ ފުރަތަމަމެޗް ކާމިޔާބުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި މިރޭ ކުޅެވުނު ގްރޫޕް ސީ ގެ މެޗް މީދޫ ލޮތަރި އެފްސީ ކާމިޔާބުކޮށްފިއެވެ. މީދޫ ...

އާމިނަތުއަށް ގަދަ ހަޔަކުން ޖާގަ ނުލިބެންވީ ސަބަބެއްނެތް – ސަތޯ

އާމިނަތު ގަދަ 6 ކުޅުންތެރީންގެ ނުހިމަނާ ގަދަ 6 ކުޅުންތެރީން ހޮވުމަކީ ވަރަށް ޚުދުމުޚްތާރުކޮށްފައިވާ ދަށުދަރަޖައިގެ އަމަލެއްކަމަށް ކުޅިވަރު ...

ޔޫރޯ 2020 : ސްލޮވޭކިޔާއިން އެޓީމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފި

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ކުޅުނު ފުރަތަމަމެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ. މި މެޗު ސްލޮވާކިއާ އިން ކާމިޔާބުކުރީ ...