މާލެ ސަރަހައްދުން ރެންޑަމް ކޮވިޑް 19 ގެ ސާމްޕަލް ނަގަން ފަށައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލްތައް ނަގަން ފަށައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލި ދެނެގަތުމަށްޓަކައި، ރެންޑަމްކޮށް ނަގަމުންދާ ސާމްޕަލްތަކަކީ އެއްވެސް އަލާމާތެއް ހުރެގެން ނުވަތަ ވަކި ރިޕޯޓެއް ލިބިގެން ނަގަމުންދާ ސާމްޕަލްތަކެއް ނޫންކަމަށެވެ.

ސާމްޕަލްތައް ނަގަމުންދަނީ މާލެ ސަރަހައްދަށް ޚާއްސަކޮށްގެންކަމަށާއި، އިއްޔެ ވިއްސާރަ ވުމުގެ ސަބަބުން، ނެގިފައިވަނީ 25 ސާމްޕަލެއްކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް މިއަދު  ރެންޑަމްކޮށް މަގުމަތިން ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ބާޒާރުމަތި، ކަންމަތީ ފިހާރަތައް، ފެރީޓާމިނަލްތައް އަދި މަގުމަތިންނެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިތަންތަނުން ސާމްޕަލްތައް ނެގުމުގައި ހައިރިސްކް ގްރޫޕްތައް ހިމެނޭ ސަރަހައްދުތަކަށާއި މިހާތަނަށް ބަލި ފެތުރިފައިވާ ގޮތަށް ބަލައި ސާމްޕަލްތައް ނެގުމަށް އިސްކަން ދޭނެ ކަމަށެވެ.

ޑރ. އަފްޒަލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރެންޑޮމް ސާމްޕަލިންގެ ތެރެއިން ކުރެވޭ ޓެސްޓުތަކުން ވެސް ކޮވިޑަށް ފައްސިވެފައިވާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެފްސީ އަފިރިން ޓީމްގެ ކޯޗް ސަސްޕެންޑްކޮށްފި

އެފްސީ އަފިރިން ޓީމްގެ ކޯޗް ސަސްޕެންޑްކޮށްފައިވާކަން ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް ސްޓްރީޓް ފުޓްބޯޅަ މުބާރާތް އިންތިޒާމްކުރާ ކްލަބް ...

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއަރއަކަށް ނަޝީދު

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއަރމަނަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުވެވަޑައިގެންފިއެވެ. ރައީސް ނަޝިދު އެ މަޤާމަށް ...

ސްޓެލްކޯގެ އެމްޑީއަކަށް ހުސައިން ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް ހުސައިން ފަހުމީ އައްޔަން ކުރައްވައިފިއެވެ. ފަހުމީ އެކްސްގައިކޮށްފައިވާ ޕޯސްޓެއްގައި  ބުނެފައިވަނީ، ސްޓެލްކޯގެ އެމްޑީގެ މަގާމަށް ...