އެމެރިކާގެ ޚާރިޖީ ވަރީޒު މައިކް ޕްމްޕެއޯ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ބުނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ، އިންތިޚާބީ ރައީސަށް މިއަދު ހަވީރު ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެފައިވާކަމަށެވެ. ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުކުރުމުގެ މަރުޙަލާތައް ކުރިއަށްދާގޮތާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން މައުލޫމާތުދެއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރަށް ފުރިހަމަ އެހީތެރިކަންދޭނެކަމަށް އެމެރިކާއިން ކުރިންވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެމެރިކާގެ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންވެސް ވަނީ އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސާޖިދާ ސިވިލް ސާވިސް ވަޒީފާގައި ހުންނަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ސިވިލް ސާރވިސްގެ ވަޒީފާގައި ހުންނަވަނީ ގަވާއިދާއި ހިލާފަށްކަމަށް ވިދާޅުވެ، ...

މެއިމަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ

މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ...

ނަޝީދު ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް: ރައީސް

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ...