ސާޖިދާ ސިވިލް ސާވިސް ވަޒީފާގައި ހުންނަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ސިވިލް ސާރވިސްގެ ވަޒީފާގައި ހުންނަވަނީ ގަވާއިދާއި ހިލާފަށްކަމަށް ވިދާޅުވެ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ ހުށައެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ ރައީސްގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ގަވާއިދާއި ހިލާފަށް މުސާރަ ނުލިބޭ ގޮތަށް، މިނިސްޓްރީ އޮފް ހެލްތުން އެކަމަނާ ވަޒީފާއިން ވީއްލުމަށްފަހު ވޭޖް އެމްޕްލޯއީމެންޓު އުސޫލުން ވަޒީފާ އަދާކުރުމަށް އެ މިނިސްޓްރީއާއިއެކު އެއްބަސްވުމެއް ހަދާފައިވާތީ، އެކަމާއި ގުޅިގެން ގިނަ އަދަދެއްގެ ސިވިލް ސާރވިސް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަމުންދާކަމަށެވެ.

މި މައްސަލައިގައި ގޮވާލާފައިވަނީ އެ އެއްބަސްވުން ބާތިލް ކުރުމަށެވެ. އަދި އެއީ ހަމަހަމަކަމާއި އިންސާފުން ކަންކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި މައްސަލައިގައި ސިފަކޮށްފައިވެއެވެ. އެކަމާއި ހަވާލާދީފައިވަނީ ދިވެހި ސިވިލް ސާވިސްގެ 4 ވަނަ މާއްދާއަށެވެ. ސާޖިދާ އެ މަގާމުގައި ހުންނަނަމަ އެ މާއްދާއާއި ހިލާފުވާކަމަށްވެއެވެ. އެގޮތުން ދޭދޭ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅިގެން ނުވާނެކަމަށް ގާނޫނުގައި ބުނެފައި އޮންނަކަން މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ސާޖިދާ މަގާމުގައި ހުންނަވަނީ ނުފޫޒުގެ ބޭނުން ކުރައްވައިގެންކަމަށް މައްސަލަ ހުށައެޅުއްވި މެންބަރު ވިދާޅުވިއެވެ. 4 އަހަރަށް ދީފައިވާ ނޯ ޕޭ ލީވްގައި، މިފަދަ ލީވްއަކަށް ހަމަވާންޖެހޭ ޝަރުތުތައް ހަމަނުވާކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ ބަލައިގަތުމާއިމެދު މަޖިލީހުގައި ނެގުނު ވޯޓުގައި ފެންނަކަމަށް ވޯޓުދެއްވީ 21 މެންބަރުންނެވެ. އަދި ނުފެންނަކަމަށް 4 މެންބަރަކު ވޯޓުދެއްވިއެވެ

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މެޑަމް ސާޖިދާ ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ކުރަމުން އައީ ވަރަށް ގަޔާވެގެން ކުރަމުން އައި މަސައްކަތެއް ކަމަށާއި އަދި އެއީ އަބަދުވެސް ކުރަން ބޭނުންފުޅުވާ މަސައްކަތެއްކަމަށެވެ.

ސާޖިދާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުންނަށް ވާއިރު ފަސްޓްލޭޑީއެއްގެ ދައުރު އަދާ ކުރަމުން ސިވިލް ސާވިސްގައި މަސައްކަތްކޮށް ދެ ދާއިރާއެއްގައި މަސައްކަތް ކުރެވިދާނެތޯ ސަންގު ޓީވީން ކުރި ސުވާލަށް ސާޖިދާ ވިދާޅުވީ ދެ ދާއިރާގައި މަސައްކަތް ނުކުރޭވެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ދެ ދާއިރާއެއްގައި މަސައްކަތް ކުރައްވާތީ ބައެއް ބޭފުޅުންގެ ކަންބޮޑުވުން ހުރިކަމަށް ވިދާޅުވިއެވެ. އަދި އެ ކަންބޮޑުވުމަކީ ރަނގަޅު ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް ހުރި މަގާމަކީ ޓެކްނިކަލް މެނޭޖީރިއަލް މަގާމެއް ކަމަށް ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ ބައެއް ނިންމުންތައް މަގާމުގެ ގޮތުން ނިންމަން ޖެހޭކަމަށާއި އަދި އެނިންމުންތަށް ނިންމުމުގައި ދަތިތަކާއި ކުރިމަތި ލާން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެެހެން ނަމަވެސް މިހާރު ލިބިފައިވާ ހައިސިއްޔަތުގެ ގޮތުން އެކަމުގެ ތެރޭގައި އުޅެވަޑައިގަންނަވަން ބޭނުންފުޅު ނޫންކަމަށާއި، އެހެން ކަމުން އެދެނީ ހިލޭ ސާބަހަށް ޓެކްނިކަލް ކެޕޭސިޓީގައި، ކާބޯތަކެތީގެ ސްޓޭންޑާޑްތައް ކަނޑައެޅުމާއި، އެފަދަ މަަސައްކަތްތައް ކުރައްވަންކަމަށް ވިދާޅުވއިެވެ.

ސާޖިދާ ވިދާޅުވީ އެ މަސައްކަތަކީ ވަރަށް ކުޑައިރުންވެސް ކުރައްވަމުން އައި މަސައްކަތެއްކަމުން ވަރަށް ބޮޑަށް އެކަމަށް ޝައުގުވެރިކަން ހުންނަވާކަމަށެވެ. އަދި އެ މަސައްކަތުގައި ކުރަން ބޭނުންވަނީ ޓެކްނިކަލް ލެވެލްގެ މަސައްކަތެއްކަމަށާއި އަދި ނިންމުންތަށް ނިންމުމުގައި އުޅުއްވަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރިޔާސީ އިންތިޙާބު ކާމިޔާބުވެވަޑައިގެންނެވި ދުވަހުން ފެށިގެންވެސް އެފަދަ މައްސޫލިއްޔަތު ތަކުން އެކަހެރިވެވަޑައިގަންނަވާފައިވާ ކަމަށާއި އަދި އެފަދަ އެއްވެސް ކަރުދާހެއްގައި ސޮއި ކުރައްވާފައިވެސް ނުވާނެކަމަށް ސާޖިދާ ވިދާޅުވިއެވެ.

މަސްދަރު: ސަންގު

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުތުބާ: އަދުލު އިންސާފު ކަށަވަރުކުރުމާއި އަނިޔާވެރި ގާޒީންނަށް ހުރި ނުރައްކާގެ ވާހަކަ!

ދައުވާ ކުރެވޭ މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިންމުމަކީ އަދުލު އިންސާފު ކަށަވަރުކުރުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އިއްޔެގެ ހުކުރު ...

“ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފްކުރުމުގެ ޕްރޮގްރާމެއް އައްޑޫގައި ފަށައިފި

“ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފުކުރުމުގެ ޕްރޮގްރާމެއް އައްޑޫސިޓީގައި އިއްޔެ ފަށައިފިއެވެ. މިއީ އައްޑޫސިޓީގައި މަސައްކަތްކުރާ ...

އަންނަ ހަފްތާއިން ފެށިގެން ކިޔަވަދޭނީ އެއްދަންފަޅީގައި: ސ. އަތޮޅުމަދަރުސާ

ފުރަތަމަ މިޑްޓާމް ބަންދު ނިންމާލުމަށްފަހު އަންނަ ހަފްތާގައި ކިޔެވުންފަށާއިރު ސ. އަތޮޅުމަދަރުސާގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެއް ދަންފަޅީގައި ކަމަށް ...