އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގެ ފަހު ޖާގަ ޗެލްސީން ހޯދައިފި

އިނގިރޭސި އެފްއޭ ކަޕްގެ ފަހު ޖާގަ ޗެލްސީން ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ޗެލްސީން އިގިރޭސި އެފްއޭކަޕްގެ ފައިނަލުން ޖާގަ ހޯދާފައިވަނީ  ރޭ ކުޅެވުނު ސެމީފައިނަލްގެ ފަހުމެޗްގައި މެންޗެސްޓަރ ޔުނައިޓެޑް 3 ލަނޑު 1 ލަނޑުން ބަލިކުރުމަށްފަހުގައެވެ. ރޭގެ މެޗުގެ ކުރިން މި ފަހަރު ޕްރިމިއާ ލީގުގައި ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކޮށް ކުޅުނު ދެ މެޗާއި ލީގު ކަޕްގައި ކުޅުނު މެޗުންވެސް  ޔުނައިޓެޑުން އަތުން ޗެލްސީވަނީ ބަލިވެފައެވެ. އެކަމަކު އެފްއޭ ކަޕްގެ އެންމެ ފަހު ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުން ޔުނައިޓެޑް ކަޓާފައިވަނީ ޗެލްސީ އަތުން ބަލިވެގެންކަން ފާހަގަކޮށްލަންޖެހެއެވެ.

އޯގަސްޓް މަހުގެ އެއް ވަނަ ދުވަހު ކުޅޭ ފައިނަލުގައި ޗެލްސީ ބައްދަލުކުރާނީ  އެފްއޭކަޕްގެ  އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ބެލެވޭ  އާސެނަލްއާއެވެ. އެކަމަކު މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން  ޗެލްސީ ހޯދާފައިފައިވަނީ   ފައިނަލުގައި އާސެނަލް ބަލިކުރުމަށް ފަހު އެވެ.

އާސެނަލް މިމުބާރާތުގެ ފައިނަލުން ޖާގަހޯދާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެރޭ ކުޅެވުނު  ސެމީފައިނަލްމެޗްގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ 2 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ.

ރޭގެ މެޗްގައި ޗެލްސީން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 45 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްދިނީ  އޮލިވިއޭ ޖިރޫޑް އެވެ.  ޗެލްސީން ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އޭރިޔާ ބޭރުން އިނގިރޭސި ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް ތިރިތިރިން ފޮނުވާލި ބޯޅަ އެއް މެންޗެސްޓަރގެ ކީޕަރު ޑެހެއާގެ އަތުގައި ޖެހިފައި ގޯލްތެރެއަށް ވަދެގެންނެވެ. ޗެލްސީން ތިން ވަނަ ގޯލަކީ މެޗުގެ 74 ވަނަ މިނިޓްގައި  ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔުނައިޓެޑުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 86 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން  ބްރޫނޯ ފެނާންޑޭސް އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 11 މީހުން ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 11 މީހުން ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫސިޓީން 2021/8/17 ...

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ބަންގްލަދޭޝް އަލަމްގީރް އާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް ...

ޓޫސްޕޫން ކެފޭ މާދަމާ ހުޅުވަނީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ” ޓޫސްޕޫން” ކެފޭ ގެ ފޮޓޯތަކެއް ...