ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލިވަޕޫލްގެ ސަލާހު

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް، ލިވަޕޫލްގައި ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ފޯވާޑް ސަލާހަށް ލިބިއްޖެއެވެ.

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް  ސަލާހު މި ހޮވުނީ، ޓޮޓެންހަމްގެ ހެރީ ކޭން އާއި މެންޗެސްޓާ ސިޓީގެ  ކެވިން ޑި ބްރޭނާ އާއި ވާދަކޮށްގެންނެވެ. ވޯޓްގައި ބްރޭނާއަށް ދެ ވަނަ ލިބުނުއިރު ކޭން ހޮވުނީ  3 ވަނަ އަށެވެ.

މި ދިޔަ އަހަރުގެ ޖޫން މަހުގައި 36.9 މިލިޔަން ޕައުންޑަށް ރޯމާ އިން ލިވަޕޫލްއަށް ބަދަލުވި ސަލާހް މި ސީޒަންގެ މިހާތަނަށް ލިވަޕޫލަށް 41 ލަނޑު ޖަހައިދީފައިވާއިރު، އޭނާ އަންނަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރޭ ސެންޓްރަލް ލަންޑަންގައި އޮތް 45 ވަނަ ޕީއެފްއޭ އެވޯޑްސްގައި ސަލާހް މޮޅު ކުޅުންތެރިޔާގެ އެވޯޑް އުފުލާލިއިރު، މި ސީޒަންގައި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ ވެސް މި ވަގުތު ސަލާހްއެވެ.

ރޭގެ އެވޯޑް ނައިޓްގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ މެންޗެސްޓާ ސިޓީގެ ލޯރީ ސާނޭއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކާނަލް ނަޝީދަށް ދަޢުވާކުރާކަށް އަދި ނުފޮނުވާ: ޕީޖީ

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާ އެއްކޮށް ‏އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ...

ހަމަސް ދުވަހަށްފަހު އެނބުރި އައިސް ޖޮކޮވިޗް މޮޅެއް ހޯދައިފި

ކުރިން ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި އޮތް ސާބިއާގެ ނޯވަކް ޖޮކޮވިޗް އަނިޔާއިން ސަލާމަތްވެ، އެނބުރި ...

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން އަވަހާރަވެއްޖެ

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ސ. ހިތަދޫ ޖަނަވަރީމާގޭ އަހްމަދު ނުއުމާން މިއަދު އަވަހާރަވެއްޖެއެވެ. އަހްމަދު ...