ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރުދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް ސާލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބާއްވާ ޖަލްސާ އޮންނަނީ ހުކުރުދުވަހުގެރޭ އަލިމަސް ކާނިވަލުގައިކަމަށެވެ.

މި ޖަލްސާގައި ޕާޓީގެ އިސް ބޭފުޅުންނާއި ޕާޓީގެ އެކި މަގާމްތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުރުން ޖާގަ އޮތް މިންވަރަކުން އާއްމުންނަށްވެސް ބައިވެރިވެވޭނެކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އޮތީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ.

މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި، ރައީސް ސާލިހު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ.

ޕްރައިމަރީގައި ރައީސް ޞާލިޙަށް 61 އިންސައްތަ ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

65 އަހަރުވިއަސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙުކޮށްފި

އުމުރުން 65 އަހަރުވެފައިވާ މީހުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙު ކޮށްފިއެވެ. ކެލާ ދާއިރާގައި ...

ދީފިކާގެ ދިފާއުގައި ކަންގަނާ ސޮއި ނުކުރީ ކީއްވެ؟

މައްސަލަ ބޮޑުވެފައިވާ ފިލްމު ޕަދްމަވާތީގެ މައްސަލާގައި ދީޕިކާ ޕަދްކޯން އަށް ނުރައްކަލާ ކުރިމަތިވެފައިވާއިރު އޭނާއަށް ސަޕޯޓް އޮތްކަން ހާމަކޮށްދިނުމުގެ ...

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އާދީއްތަ ދުވަހުގެ އިރުއޮއްސި ...