ޑިސެމްބަރު 15 ގެ ނިޔަލަށް ގިރިފުށްޓާއި ގަމުގައި އަސްކަރީ ތަމްރީނުތަކެއް

ކ.ގިރިފުށްޓާއި ސ.ގަމުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ނިންމައިފިއެވެ.

ގިރިފުށީގައި އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޑިސެމްބަރު 13, 14 އަދި 15 ވަނަ ދުވަހުގެ 18:30 އިން 22:00 އަށެވެ.

މި ތަމްރީނުތަކުގައި AK-103  ސީރިޒް ރައިފަލް ބޭނުން ކުރާނެއެވެ. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިނަކީ 3000 މީޓަރުކަމަށްވާއިރު ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ.ލެވެލް އެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނެވެ.

ގަމުގައި އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ޑިސެމްބަރު 14 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށެވެ.

މި ތަމްރީނުތަކުގައި މިނީފްލޭއަރ, ޓްރިޕް ފްލޭއަރ, ޕައިރޯސް ބޭނުންކުރާނެއެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން 200 މީޓަރެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަނަކީ ގަމެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވަނީ އެ ސަރަހައްދުތަކުން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން އެ ކަންކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގައިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް “ފީފާ ވޯލްޑް ކަޕް” މި ފަހަރު ބަލަންވީ މީޑިއާނެޓުން

އަންނަ ނޮވެމްބަރު މަހު 20 ވަނަ ދުވަހު ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ “ފީފާ ...

ފެނަކައިގެ މާބަނޑު މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިފި

ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ...

ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުގެ މަރުހަބާ ތިނަދޫ ސިޓީއަށް

ގދ. ތިނަދޫ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން މަރުޚަބާ ދަންނަވައިފި ...