ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ހުޅުމީދޫގައި ވެހިކަލް ބުރެއް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އައްޑުއަތޮޅު މީދޫއާއި ހުޅުދޫގައި އޮތް ތާއިދު ދައްކާލުމަށް  މިދެ ރަށުގައި މިއަދު ވެހިކަލް ބުރެއް ބާއްވައިފިއެވެ.

ރައީސް ޔާމީނާއި ޝަހީމަށް ތާއީދުކޮށް ހުޅުމީދޫގައި ބޭއްވުނު ވެހިކަލް ބުރުގެ ތެރެއިން

މިއަދު ހަވީރު ހުޅުދޫ  ބަނދަރު ސަރަހައްދުން ފެށި މިވެހިކަލް ބުރު ބޭއްވިފައިވަނީ ހުޅުދޫއާއި މީދޫގެ ބޮޑެތި މަގުތަކުގައެވެ. މިވެހިކަލް ބުރުގައި މީދޫއާއި ހުޅުދޫގެ ގިނަ އަދަދެއްގެ ރަށްޔިތުން ބައިވެރިވެފައިވާއިރު މިވެހިކަލް ބުރުގައި ޚާއްސަ މެހްމާނުންގެ ގޮތުގައި އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމާއި ވެމްކޯގެ އެމްޑީ މުޙައްމަދު ޝިފާއު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ޔާމީނާއި ޝަހީމަށް ތާއީދުކޮށް ހުޅުމީދޫގައި ބޭއްވުނު ވެހިކަލް ބުރުގެ ތެރެއިން

މިސައިކަލް ބުރު އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ބުނީ އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދަށް ވުރެ ބޮޑު ތާއީދެއް އަދިވެސް ހުޅުދޫއާއި މީދުން އޮތީ ރައީސް ޔާމީނަށް ކަން މިއަދުގެ ވެހިކަލް ބުރުން ފެނިގެން ދާނެކަމަށެވެ.

ރައީސް ޔާމީނާއި ޝަހީމަށް ތާއީދުކޮށް ހުޅުމީދޫގައި ބޭއްވުނު ވެހިކަލް ބުރުގެ ތެރެއިން
ރައީސް ޔާމީނާއި ޝަހީމަށް ތާއީދުކޮށް ހުޅުމީދޫގައި ބޭއްވުނު ވެހިކަލް ބުރުގެ ތެރެއިން
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޯދަމަހާއި ގުޅޭ ދުޢާތައް

ރޯދަމަހަކީ މުސްލިމުންނަށް އަންނަ އެންމެ މަތިވެރި މައްސަރެވެ. އެ މަހަކީ އަޅުކަމުގެ މަހެވެ. އެހެން މަސްތަކާއި ދުވަސްތަކަށްވުރެ އެމަހުގައި ...

ގަމުން ޑާކާއަށް ބޭއްވި ފުރަތަމަ ފްލައިޓުން ބަގްލަދެޝްގެ 135 މީހުން ފުރުވާލައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ބަންގްލަދޭޝްގެ ޑާކާ އަށް ފުރި ފުރަތަމަ ފްލައިޓުން ބަގްލަދޭޝްގެ 135 މީހުން ފުރައިފި ...

ކުޑަކުދީންގެ ދުވަސް ފާހަފަ ކުރުމުގެ ގޮތުން ޑަބްލިއުޑީސީން ސްކޫލްތަކަށް ހަދިޔާ ދީފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައި ގަންނަވަނީ އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ( ޑަބްލިއުޑީސީ ...