ކާޅު ހަދާނީ ހާލި، ކޮވެލި އަޅާނީ ބިސް – ރައީސް ޔާމީން

ކާޅު ހަދާނީ ހާލި ކަމަށާއި އެޔަށް ބިސް އަޅާނީ ކޮވެލި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ފައްޓަވައިފައި ހުރި މަޝްރޫއުތައް ނިންމަވައިދެއްވާނޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައި، އެކަމަށް ރައްދުދެއްވާ އެމަނިކުފާނު މިހެން ވިދާޅުވީ، މަޑިފުއްޓަށް ވަޑައިގެން އެރަށުގައި ހިންގެވި ތިން މަޝްރޫއެއްގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ރައްޔިތުންނަށް ގެނަސްނުދެވުނު ތަރައްގީ އެމަނިކުފާނު ގެނަސްދެއްވަމުންދާތީ، އިދިކޮޅު ފަރާތްތަކުން އުޅެނީ ހަޖަމު ނުވެގެންކަމަށެވެ.

ރައީސް ވިދާޅުވީ ސުނާމީގައި ހާލުގައި ޖެހުނު މީހުނަށް އެމްޑީޕީ ސަރުކާރުން ދާއިމީ ބޯހިޔާވަހިކަމެއް ފޯރުކޮށް ނުދެވުނުކަމަށާއި، ޓެންޓު ޖަހައިގެން ރައްޔިތުން ގެންގުޅުމަކީ ދާއިމީ ހައްލެއް ނޫންކަމަށެވެ.

ތަރައްޤީގެ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، 12 އަހަރުގެ އިންތިޒާރަކަށްފަހި ނ.އަތޮޅުގައި އެއް އަހަރުދުވަހުގެ ތެރޭގައި މި ސަރުކަރުން އެއާޕޯޓެއް ތަރައްގީކޮށް ނިންމާފައިވާކަމަށެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި މިހާތަނަށް ތަރައްގީކުރަމުންދާ އެންމެ ބޮޑު ރިސޯޓުވެސް ތަރައްގީކުރަމުންދަނީ މިހާރުގެ ސަރުކާރުގެ ދަށުންކަމަށް ރައީސް ވިދާޅުވިއެވެ.

މަސްދަރު: ޚަބަރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސެލޯނާ ބަލިވެ ޕޮއިންޓް ޓޭބަލްގެ 1 ވަނަ މަގާމް ގެއްލުމުގެ ފުރުސަތު ބޮޑުވެއްޖެ

2007 ވަނަ އަހަރަށްފަހު ވެލެންސިޔާގެ ދަނޑުގައި ވެލެންސިޔާއަތުން ބާސެލޯނާ ބަލިވެއްޖެވެ. ސްޕެނިޝް ލީގުގައި ވެލެންސިއާގެ ދަނޑުގައި ރޭ ވެލެންސިޔާއަތުން ...

ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ހދ. ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ނޮޅިވަރަމް އިން އެންމެ ފުރަތަމަ ...

އައްޑޫސިޓީއަށް އަދިވެސް މޫސުން ގޯސް، ވައިޓް އެލާޓް ނެރެފި

މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް  މޫސުން ގޯސްވުމުގެ ސަބަބުން ވައިޓް އެލާޓް ...