ބެއާ ގްރިލްސްގެ ޝޯ ”އިން ޓު ދަ ވައިލްޑް“ގެ އެޕިސޯޑުތަކެއް ނަގަން އަޖޭ ރާއްޖެއަށް

ތިމާވެއްޓާ ގުޅުން ހުރި އެކި މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ޑިސްކަވަރީ ޗެނެލުން ގެނެސްދޭ ބެއާ ގްރިލްސްގެ ”އިން ޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް“ ޝޯގެ އެޕިސޯޑުތަކެއް ރާއްޖޭގައި ނަގަން ނިންމައިފި އެވެ.

މި އެޕިސޯޑުތައް ނަގަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ކޮން ހިސާބެއްގައި ކަމެއް ނޭނގެ އެވެ. ނަމަވެސް މިފަހަރުގެ އެޕިސޯޑުތަކުގައި ފެނިގެންދާނީ ބޮލީވުޑްގެ ބަތަލު، އަޖޭ ދޭވްގަން އެވެ.

އެ އެޕިސޯޑުތަކުގެ ޝޫޓިންތަކަށް އަޖޭ އިއްޔެ ވަނީ މުމްބާއީން ރާއްޖެ އައިސްފަ އެވެ.

”އިން ޓު ދަ ވައިލްޑް“ ޝޯގައި މީގެ ކުރިން އަކްޝޭ ކުމާރާއި އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ 70 އަހަރުގެ ރަޖްނީކާންތު ވެސް ފެނިގެން ގޮސްފައިވެ އެވެ.

ގްރިލްސް ވަނީ އޭނާގެ ޝޯ ”މޭން ވާސަސް ވައިލްޑް“ ގައި މޯދީއާ އެކުވެސް ގެނެސްދީފަ އެވެ. އެ ހާއްސަ އެޕިސޯޑަށް ކިޔާފައި ވަނީ ”މޭން ވާސަސް ވައިލްޑް ވިތް ބެއާ ގްރިލްސް އެންޑް ޕީއެމް މޯޑީ“ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަމިއްލަ ގޮތުން މީދޫ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ރަޝީދާ ވާދަކުރައްވަނީ

ރަށްޔިތުންގެ ޚާދިމެއްގެ ގޮތުގައިހުރެ ރަށްޔިތުންނާއި އެންމެ ގާތުން އެންމެ ރަގަޅަށް އެއްވެސް ފަރާތަކަށް ނުޖެހި މަސައްކަތް ކުރެވޭނެ އެންމެ ...

ދަމަނަވެށީގެ އޮފީސް ފަޅާލައިގެން ވައްކަންކޮށްފި

އައްޑޫސިޓީ މަރަދޫފޭދޫ ދަމަނަވެށީގެ އޮފީސް ފަޅާލާ އެތަނުން ވައްކަން ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހުކުރު ދުވަހުގެރޭ އެތަން ފަޅާލައިގެން ...

ހިތަދޫއާއި ފޭދޫ ގަދަ ހިފުމަކަށް

މިހާރު މީދޫގައި ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ...