ރައީސް ޔާމީން ތިމަރަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ އުންމީދީ ވަޢުދުތަކެއް ވެވަޑައިގެންފި

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި މަޝްރޫޢުތައް ފެއްޓެވުމަށާއި، މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހު ކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ ތ އަތޮޅަށެވެ.

ރައީސްގެ ދަތުރުފުޅުގައި މިއަދު ތ އަތޮޅު ތިމަރަފުއްޓަށް މިއަދު ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ އުންމީދީ ވަޢުދުތަކެއް ވަނީ ވެވަޑައިގެންފައެވެ. އެގޮތުން އެންމެ ފުރަތަމަ ވަޢުދުފުޅެއްގެ ގޮތުން ރައީސް ވަނީ އެ ރަށުގެ މަގުގައި ތާރު އަޅާ ތަރައްޤީކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެ ރަށަށް ޒިޔާރަތް ކުރުމުން ރަށަށް ދަތިވެފައިވާ ކަންތައްތައް އިނގިވަޑައިގެންފި ކަމަށާއި އެ މަނިކުފާނުގެ އަމާޒަކީ އެ ކަންތައްތަކަށް ހައްލު ހޯއްދަވާދެއްވުންކަމަށެވެ.

“މި ރަށަށް އައިމަ، ފުރަތަމަ މި ރަށުން ވިދާޅުވާ ކަންކަމުގެ ތެރޭގައި އަޅގަނޑަށް އިނގޭ މި މަގުގެ ވާހަކަ އަންނަކަން. އަޅުގަނޑާއި ހަމައަށް މި އޮތީ އައިސްފައި. އެހެންވީމަ އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިމަރަފުށީގެ ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުގެ ސަރުކާރުން މި ރަށުގެ މަގު ހަދަން ފަށާނަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތިމަރަފުށީގެ ރަތްޔިތުންގެ އަޑު އެ މަނިކުފާނު އައްސަވައިފި ކަމަށެވެ. އެގޮތުން، އެ ރަށުގެ ރަތްޔިތުން އިތުރަށް ބޭނުން ވަނީ އޭޓީއެމްއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ތ ތިމަރަފުއްޓަކީ މިހާރު ތިންހާހެއްހާ އާބާދީޢެއް އެކުލެވޭ ރަށަކަށް ވުމުން، އޭޓީއެމްގެ އިތުރުން ބީއެމްއެލްގެ ބްރާންޗެއް ގާއިމުކުރަންވާނެ ކަމަށް ވިދާޅުވިއެވެ.

” މި ރަށުގައި އަޅުގަނޑު ދަންނަވަނީ 2500އަށް ވުރެ އާބާދީ ބޮޑުވާތީ، އޭޓީއެމްއެއް ނޫނޭ، މި ރަށަށް ހަމަ ފުލް ބޭންކު ބްރާންޗެއްގެ ޚިދުމަތް ލިބިގެންދާނޭ.” ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރަތްޔިތުން އެދޭ ކަންތައްތަކުގެ ތެރޭގައި އެ ރަށުން ބިން ދޫކުރުން ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ، އެ ރަށުގައި ބިންބަހަންވީ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނެއް މިހަރު ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި މިހަރު ކުރިއަށް ދަނީ، އެއާޕޯޓު ހިމެނޭ ސަރަހައްދުގެ ލޭންޑް ޕްލޭން ކަމަށާއި އެ މަސައްކަތް އަންނަހަފްތަގެ ތެރޭގައި ނިންމޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ޕްލޭން ކައުންސިލާ ހަވާލު ކުރުމުން، މަހެއްހާ ދުވަހުގެ ތެރޭގައި ބިން ދޫކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތ އަތޮޅު ތިމަރަފުއްޓަށް ރައީސް މިއަދު ވަޑައިގެން އެ ރަށުގެ ފެނުގެ ނިޒާމް ވަނީ ތަޢާރަފު ކުރައްވާފައެވެ. ރައީސް ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެކި ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގެ ރަތްޔިތުންނަށް އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ދަނީ ހިއްސާކުރައްވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޔޫތު ޗެލެންޖް 2020 ” ގެ ގުރުއަތުލުން ބާއްވައިފި- ފުރަތަމަ މެޗްގައި ހުޅުދޫ- ހިތަދޫ “

20 އަހަރުން ދަށުގެ  ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވޭ ” އައްޑޫ ޔޫތު ޗެލެންޖް 2020″ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ...

އަދީބާއި ޒިޔަތު މިނިވަން ކުރުން – އެއީ ނަހަމަގޮތުގައި ބާރުގެ ބޭނުން ހިފުން- ޓްރާންސްޕޭރެންސީ މޯލްޑިވްސް

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު  ޒިޔަތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ...

ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފިއެވެ. މިރޭ ސްލޮވާކިއާ އާއި ...