އައްޑޫ ޔޫތު ޗެލެންޖް 2020 ” ގެ ގުރުއަތުލުން ބާއްވައިފި- ފުރަތަމަ މެޗްގައި ހުޅުދޫ- ހިތަދޫ “

20 އަހަރުން ދަށުގެ  ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވޭ ” އައްޑޫ ޔޫތު ޗެލެންޖް 2020″ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.

މިމުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ މީދޫ ފުޓްސަލް ދަނޑުގައެވެ.

15 ސެޕްޓެމްބަރ 2020 ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 5 ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ގުރުއަތުން ހޮވިފައިވަނީ ހުޅުދޫ ޔޫތު ފުޓްބޯޅަ ކުލަބާއި ހިތަދޫ ސްޕޯޓްސްއެވެ.

މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމުބާރާތުގައި 5 ޓީމް ކޮންމެޓީމެއް ކޮންމެޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލަށް ހޮވޭ ގޮތަށެވެ.

ފައިނަލްމެޗާއެކު ޖުމްލަ 16 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީދޫ ފުޓްބޯޅަ ދަނޑުގައެވެ.

އައްޑޫ ޔޫތު ޗެލެންޖް ގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާގޮތް
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލްގެ ސްޓާފް ޗެރިޓީ ރަން ބާއްވައިފި

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސްޓާފް ...

ސްކޫލްތަކުގެ ދަރިވަރުންނަށް މިމަހު ކޮވިޑް ވެކްސިން ޖަހަން ފަށަނީ

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ނިންމައިފިއެވެ . މިގޮތުން އުމުރުން12 އަހަރާއި17 އަހަރާއި ދެމެދުގެ ކުދިންނަށް ...

ސިޔާކަޕްގެ ފުރަތަމަމެޗް ކާމިޔާބުކުރީ ފޭދޫ އެފްސީ ދެވަނަމެޗް ކާމިޔާބުކުރީ ޕޮލިސްޓީމް

ސިޔާކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ފުރަތަމަމެޗް ފޭދޫ އެފްސީ ކާމިޔާބުކޮށްފިއެވެ. ފޭދޫ އެފްސީ މިމެޗް ކާމިޔާބުކުރީ ހިތަދޫ ކްލަބް ...