ޗެލެންޖާސްއާއި ލޮތަރި އެފްސީގެ ކުރިމަތިލުމަކުން ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ ފަށަނީ

މީދޫގައި  މިހާރު ކުރިއަށްދާ ” ގައުމު ސްޓްރީޓް ކަޕް ”  ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗްތަކުގެ ގުރުއަތުން ބާއްވައިފިއެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް  މިރޭ ފަށަން ހަމަޖެހިފައިވާއިރު ކުއާޓާއަށް ދަތުރުކޮށްފައިވަނީ މީދޫ ޗެލެންޖާސް ، މީދޫ ލޮތަރި އެފްސީ ، ހިތަދޫ އެފްސީ އުސްގަޑަ ، ހިތަދޫ ކްލަބް ރިވެރިން ނެކްސަސް ، ފޭދޫ ސަންއޮފްލޮންސް ، ހިތަދޫ އެފްސީ ޒެފިޔާ ، ފޭދޫ ހަބޭސް އަދި މަރަދޫ ގަބުރު އެފްސީއެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ ފަށާނީ ވަރުގަދަ ކުރިމަތިލުމަކުންނެވެ.  އެއީ  ގްރޫޕް އޭ އިން އެއްވަނަ ޓީމްގެ ގޮތުގައި  ހޮވުނު މީދޫ ޗެލެންޖާސްއާއި ގްރޫޕް ސީން ދެވަނައަށް ހޮވުނު މީދޫ ލޮތަރި އެފްސީއެވެ.    މި މެޗު ފަށާނީ މިރޭ 21:00 ގައެވެ.

ފޯރިގަދަ އަދި ވާދަވެރިވާނެކަމަށް ބެލެވޭ  މިރޭގެ ދެވަނަ މެޗުގެ ގޮތުގައި ކުޅެވޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމަކަށް ހޮވުނު ހިތަދޫ އުސްގަޑަ އެފްސީއާއި ގްރޫޕް އޭގެ ދެވަނަ ޓީމަކަށް ހޮވުނު ހިތަދޫ ކްލަބް ރިވެރިން ނެކްސަސްއެވެ.  މިމެޗްގެ ކުޅުން ފަށާނީ މިރޭ 22:00 ގައެވެ.

މާދަމާރޭ  ( 29/8/2020 ވަނަ ދުވަހުގެރޭ ) ކުޅުމަށް ހަމަޖެހިފައިވާ ކްއާޓާފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް  ސީގެ އެއްވަނަ ޓީމްގެ ގޮތުގައި ކްއާޓާފައިނަލަށް ހޮވުނު ފޭދޫ ސަން އޮފް ލޮންސްއާއި ގްރޫޕްޑީގެ ދެވަނަ ޓީމްގެ ގޮތުގައި ކްއާޓާފައިނަލަށް ހޮވުނު ހިތަދޫ އެފްސީ ޒެފިޔާއެވެ. މިމެޗްގެ ކުޅުން ފަށާގޮތައް ހަމަޖެހިފައިވަނީ މާދަމާރޭ 21:00 ގައެވެ.

މާދަމާރޭ  ( 29/8/2020 ވަނަ ދުވަހުގެރޭ ) ކުޅުމަށް ހަމަޖެހިފައިވާ ކްއާޓާފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ  ގްރޫޕް ޑީގެ އެއްވަނަ ޓީމްގެ ގޮތުގައި ކްއާޓާފައިނަލަށް ހޮވުނު ފޭދޫ ހަބޭސްއާއި ގްރޫޕް ބީގެ 2 ވަނަ ޓީމަކަށް ހޮވުނު މަރަދޫ ގަބުރު އެފްސީއެވެ.

މިމެޗްގައި އައްޑޫގެ ފުޓްބޯޅައިގެ މަޝްހޫރު މޫނުތައް ހަބޭސްޓީމުން ފެނިގެންދާއިރު  މަރަދޫ ގަބުރު އެފްސީ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރީންގެ ފަރާތުންވެސް  މިމުބާރާތުގައި ކުޅުނު މެޗަތަކުން ހުނަރުވެރި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  4 ގުރޫޕަކަށް ބަހާލައިގެންނެވެ.

މިމުބާރާތާ ބެހޭގޮތުން ގައުމު އެފްސީގެ އައްޕޯ ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

“މިމުބާރާތުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަކަށް  ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ އިތުރު މުބާރާތެއްގައި  ކުޅުމަށް ފުރުސަތު އެކުދީންނަށް ލިބިގެންދާނެ . އެހެންކަމުން މުބާރާތުގެ މަޤުސަދު ހާސިލުވާނެ.” އައްޕޯ ބުންޏެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސ.މީދޫ ގެއަކުން ފާޑުފާޑުއަޑު އިވޭތީ ސީސީޓީވީ ބެލުމުން ގައިން ދިޔައީ ހީބިހިނަގައިގެން

މިއީ ސ. މީދޫ ގެއެެއްގައި މިމަހުގެ 14ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި ހިނގި އާދަޔާ ހިލާފުކަމެއްގެ ވާހަކައެވެ. (މިއީ ...

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ...

އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ހާއްސަ ކެމްޕެއިނެއް ފަށައިފި

އުރީދޫއިން އަލަށް ތައާރަފު ކޮށްފައިވާ ޕޯސްޓްޕެއިޑް ޕެކޭޖުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. އުރީދޫގެ ...