ބަލިކަށި ސަރުކާރެއް ޤާއިމްކުރަން ޖާގަދިނުމަކީ ޤައުމަށް ވެވޭ ޚިޔާނާތެއް – ޑރ.ޝަހީމް

ބޭރުގެ ފިއްތުންތަކަށް ދީލާލާނެ ބަލިކަށި ސަރުކާރެއް ރާއްޖޭގައި ޤާއިމްކުރުމަށް ޖާގަ ދިނުމަކީ ޤައުމަށްވެވޭ ވަރަށްބޮޑު ޚިޔާނާތެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުލްﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ޕްރޮގްރިސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި، ޑރ.ޝަހީމާ ހަވާލުކުރުމަށް “ތަރައްޤީ އައު ޒަމާނަކަށް” މި ނަމުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ބޭރުގެ ފިއްތުންތަކަށް ދީލާލާނެ ބަލިކަށި ސަރުކާރެއް ރާއްޖޭގައި ޤާއިމްކުރުމަށް ޖާގަ ދިނުމަކީ ޤައުމަށްވެވޭ ވަރަށްބޮޑު ޚިޔާނާތެއްކަމަށެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ފިކުރީ ހަނގުރާމަ ގޮސްހުއްޓެނީ ރާއްޖެއިން އިސްލާމްދީން ފުހެލުމާ ހިސާބަށްކަމަށާ، އެކަމާމެދު ވަރަށްބޮޑަށް ވިސްނައި އެކަމާދެކޮޅަށް މަސައްކަތްކުރަންޖެހޭކަމަށް ޝަހީމު ވިދާޅުވިއެވެ.

ރައީސް ޔާމީނާއެކު ޢިޚްލާސްތެރިކަމާއެކު މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވައި ޑރ.ޝަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މޭފުޅަށް ވަޒަނެއް އަރާނީ އެމަނިކުފާނުގެ މޭ ފޫއަޅުވާލާފައިކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

ޑިމޮކްރަސީއާއި، އިސްލާޙުގެ ނަމުގައި ބޭރުގެ ފަރާތްތަކަށް މަގު ހުޅުވާލެވުމުގެ ސަބަބުން ސުއްނާފަތިވެ ދާޚީލީ ހަނގުރާމައެއްގެ ތެރޭގައި އޮތް، އިރާޤާއި އިސްލާމީ ދައުލަތް ތުރުކީގައި އެންމެފަހުން ކުރަން އުޅުނު ބަޣާވާތުގެ ޙާދިސާއިން މިސާލުޖައްސަވައި ޑރ.ޝަހީމް ވިދާޅުވީ ސިޔާސީ މައްސަލަތަކުގެ ތެރެއިން އިސްލާމްދީނުގެ ޢަދާވާތްތެރިންނާ ކުރިމަތިލެވޭނީ ހަރުދަނާ ޤާބިލު ލީޑަރުންނަށްކަމަށެވެ. ރައީސް ޢަބްދުﷲ ޔާމީނާކީ ޤައުމަށްޓަކައި މިފަދަ ފިޔަވަޅު އަޅަންޖެހޭވަގުތު ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަންނަވާ ހަރުދަނާ ޤާބިލު ލީޑަރެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރާއްޖެއަށް އަންނަ ޢުމްރާނީ ތަރައްޤީއާއެކު އިސްލާމްދީނުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި ރައީސް ޔާމީނާއެކު ދެމިހުންނެވުމަށްކަމަށެވެ.

މީގެ އިތުރަށް ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ވުމަށް އެއްބަސްވެވަޑައިގަތީ އެކަމަށް ދަހިވެތިވެގެން ނޫންކަމަށާއި ޢުމްރާނީ ތަރައްޤީއާކެކު އިސްލާމީގޮތުން ޤައުމު ތަރައްޤީކުރުމަށް ރައީސް ޔާމީނަށް އެހީވުމަށް އެމަނިކުފާނު އެދިވަޑައިގަތުމުން އެއްވެސް ޝަރުޠެއްނެތި އެކަން ޤަބޫލްކުރައްވީކަމަށެވެ. އަދި މިއަހަރުގެ ރިޔާސި އިންތިޚާބް ތަނަވަސް އަޣުލަބިއްޔަތާއެކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ކާމިޔާބުކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރކަން ކުރައްވާފައިވާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ، ކީރިތި ޤުރްއާން ހިތްޕުޅުން ދަސްކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އެމަނިކުފާނަކީ އިސްލާމީ ދުނިޔޭގައި މަޝްހޫރު ނުފޫޒުގަދަ ޢިލްމުވެރިއެކެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވާން ފަށައިފި

ސ. ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވާން ފަށައިފިއެވެ. މިމަސައްކަތާއިބެހޭ މައުލޫމާތު ހާމަކުރަމުން، ...

މެންބަރު ހުސައިން ފަސްދާނު ލައިފި

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ނިޔާވި ކޮމަންޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސައިން ވަހީދު ...

އިއްމެ ގޯލަކާ އެކު ސެމީގެ ފަހު ޖާގަ ހަބޭސް އަށް

“ގައުމު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ މީދޫގައި މިހާރު ކުރިއަށްދާ ” ގައުމު ސްޓްރީޓް ކަޕްގެ ” ...