ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ރަސްމީކޮށް އަރުވައިފި

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް އަރުވައިފިއެވެ. ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވީ ރޭ ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ދަރުބާރުގޭގައި އޮތް ރަސްމިޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ އަދި ޕީ.ޕީ.އެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރިޔާސީ ޓިކެޓް އެރުއްވީ ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ވަނީ ރައީސް ޔާމީންގެ ރަނިންގ މޭޓްގެ ގޮތުގައި އިއުލާންކުރައްވާފައިވާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދަށްވެސް ޓިކެޓް އަރުވާފައެވެ. ރަނިންގ މޭޓްގެ ޓިކެޓް އެރުވުމުގެ ކުރިން ޑރ. ޝަހީމް ވަނީ ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ޑރ. ޝަހީމް ޕާޓީއަށް ވަނުމުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

މިރަސްމިއްޔާތުގައި ޕީ.ޕީ.އެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންއަށް މިފަހަރުގެ އިންތިޚާބުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވަން ނިންމީ އިސްލާމް ދީނާއި، އިސްލާމީ ވަޙްދަތު ރައީސް އަބްދުﷲ ޔާމީން ހިފަހައްޓަވާނެކަމުގެ ޔަގީންކަން އޮތުމުންކަމަށެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަރަންޓް ބިލް ފޯނަށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފި

ކަސްޓަމަރުންގެ ތެރެއިން ފޯން ނަމްބަރު ދީފައިވާ ހުރިހާ ފަރާތްތަކަށް ފޯނުބިލް އެސްއެމްއެސް އެއް މެދުވެރިކޮށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފިއެވެ. ...

ކޮވިޑް 19 _ އިތުރު 24 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު  24 މީހަކު މިއަދު ޕޮޒިޓިވްވެ ރާއްޖެއިން މިބަލިޖެހުނު މީހުންގެ އަދަދު 642 ކަށް އަރައިފިއެވެ ...

ރޮޒެއިނާ ތާއީދު ހޯދުމަށްޓަކައި މީދޫގައި އެމްޑީޕީން ބަހައްޓާފައިވާ ބެނާއެއް ހަލާކުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރޮޒެއިނާ އާދަމްއަށް ...