ފަހުވަގުތު ސަހާފް ކާމިޔާބު ކުރި ހެޓްރިކާއެކު އެތުލެޓިކް އެފްސީ ފައިނަލަށް

މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް  އެތުލެޓިކް އެފްސީގެ ސަހާފްގެ ހެޓްރިކާއެކު 4-2 ގެ ނަތީޖާއަކުން އެއްވެސް މެޗަކުން ބަލިނުވެ ސެމީފައިނަލަށް ހޮވުނު ކްލަސްޓާ އެފްސީގެ މައްޗަށް ކުރިހޯދައިގެން އެތުލެޓިކް އެފްސީ  ޔޫތުޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ  ފައިނަލަށް  ދަތުރުކޮށްފިއެވެ.

އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗްގައި ކްލަސްޓާ އެފްސީ  އޮތީ  މެޗްގެ އެންމެ ފަހު ފަސްމިނިޓްގެ ކުޅުމާ ހަމައަށްދިޔައިރުވެސް 2 ލަނޑު 1 ލަނޑުގެ ލީޑެއްގައެވެ.

އެތުލެޓިކް އެފްސީ

އިއްޔެގެ މެޗްގެ ފުރަތަމަ ލަނޑު ކްލަސްޓާ އެފްސީއަށް އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ސާމިތެވެ.  އޭގެ ހަތްމިނިޓްފަހު އެތުލެޓިކް އެފްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފައިސަމް އެވެ.

ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ދެ ވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު   ދެވަނަ ފަހަރަށްވެސް މެޗްގެ ލީޑު ހޯދީ  މީދޫގެ ތަޖުރިބާ ކާރު މޮޅު ކުޅުންތެރީންގެ ގޮތުގައި ބެލެވޭ ރަމްޒީ ، ލޮޓޯ އަދި ނަޒީރު ހިމެނޭ ކްލަސްޓާ އެފްސީއެވެ.  މިގޮތުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނިީ  ތަޖުރިބާ ކާރު ކުޅުންތެރިޔާ ލޮޓޯއެވެ.

ކްލަސްޓާއަށް ލަނޑުތައް ކާމިޔާބުކޮށްދިން ލޮޓޯއާއި ސާމިތު

2 ލަނޑު 1 ލަނޑުގެ ލީޑެއް ކްލަސްޓާއިން ހޯދި ހިސާބުން ފެށިގެން އެތުލެޓިކް އެފްސީގެ ކުޅުންތެރީންގެ  ކޮމްބިނޭޝަން ވަރަށް ބޮޑަށް  ރަގަޅުކޮށް މެޗުން މޮޅުވުމަށް އިތުރަށް މަސައްކަތް ކުރަމުން ދިޔަތަން ފެނިގެންދިޔައެވެ. ޚާއްސަކޮށް އެޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ފައިސަމް އައްސަދު އަދި  ސަހާފްގެ ކޮމްބިނޭޝަން ރަގަޅުކޮށް މެޗްގެ އެންމެ ފަހު ފަސްމިނިޓްގެތެރޭގައި 3 ލަނޑު ޖަހައިގެން 4 ލަނޑު 2 ލަނޑުން މޮޅުވެ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އެތުލެޓިކް އެފްސީންވަނީ ކަށަަވަރުކޮށްފައެވެ.

އެތުލެޓިކް އެފްސީ އަށް ލަނޑުތައް ކާމިޔާބުކޮށްދިން ފައިސަމް އާއި ސަހާފް

އެތުލެޓިކް އެފްސީން މެޗްގެ ފަހު ފަސްމިނިޓްގެ ތެރޭގައި ކާމިޔާބުކުރި 3 ގޯލްވެސް ކާމިޔާބުކޮށްދިނީ މިމެޗްގައި އަދި  މިމުބާރާތުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން ގޮސްފައިވާ މީދޫގެ ޒުވާން ކުޅުންތެރިޔާ ސަހާފެވެ.

މޮޅުވެގެން ނޫންގޮތަކަށް ސެމީފައިނަލަށް ހޮވެން ނެތް ގްރޫޕް ބީގެ ފަހުމެޗްގައި އެފްސީކިއުކަންބާއާއި ބައްދަލުކޮށް 6 ލަނޑު 2 ލަނޑުން މޮޅުވެގެން އެތުލެޓިކް އެފްސީ ސެމީފައިނަލަށް ހޮވުނީ ބީ ގްރޫޕްގެ 2 ވަނަ ޓީމްގެ ގޮތުގައެވެ. ގްރޫޕްގެ ފަހުމެޗަހަށް އެޓީމް ނިކުތްއިރު އެޓީމަށް 2 މެޗް ކުޅެގެން ލިބިފައި އޮތީ 1 ޕޮއިންޓެވެ. އެއީ އެއްމެޗުން ދެރަވެ އެއްމެޗުން އެއްވަރުވެގެން ލިބުނު އެއްޕޮއިންޓެވެ.

އިއްޔެ ކުޅެވުނު ސެމީފައިނަލްމެޗްގެ  މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީވެސް އިއްޔެގެޗްގައި 3 ލަނޑު ޖަހާ ހެޓްރިކް ހެދި އެތުލެޓިކް އެފްސީގެ ސަހާފެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތަކަންދޫން 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ތަކަންދޫން 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ތަފްސީލް އަންނަނީ

ލޭ ހުއްދަ ކުރާ މީހުންނާ ދެކޮޅަށް ތެދުވަން ޖެހޭ: ރައީސް

ލޭހުއްދަ ކުރާ މީހުންނާއި ދެކޮޅަށް ތެދުވަންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ ...

ރޮޒޭ މަޖިހުގައި އިންނަންޖެހޭ – ރައީސް ސޯލިހު

ރޮޒޭއަކީ އަޅުގަޑުމެންގެ ވައުތުތަކަށް ފުރިހަމައަށް ތާއީދުކޮށްގެން ހުންނެވި އެކަން ގަބޫލްކުރާ ބޭފުޅެއްކަމަށާ  އަޅުގަޑުމެންގެ މެނިފެސްޓޯ ތަންފީޒުކުރުމާއި އެޖެންޑާ19 ތަންފީޒުކުރުމަށްޓަކައި ...