ފެން މީޓަރުން ނަގާ 30 ރުފިޔާގެ ފީ ރައީސް މާފުކޮށްދެއްވައިފި

ފެނަކަ ކޯޕަރޭޝަނުން ގޭގެ އަށް ގުޅާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާގެ ފީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުކޮށްދެއްވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިކަން ހާމަކުރެއްވީ އައްޑޫ ސިޓީގެ މަރަދޫފޭދޫ އާއި މަރަދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ އެމްޓީސީސީން ނަރުދަމާ ނިޒާމު ފެނަކައާ ހަވާލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ސައީދު ވިދާޅުވީ ފެނަކައިގެ ކަސްޓަމަރުންގެ އަތުން ފެނުގެ ނިޒާމު ގުޅުމާއެކު ނަގަމުން އަންނަ 30 ރުފިޔާ ފެނަކައިގެ ހުރިހާ ކަސްޓަމަރުންގެ އަތުން ނެގުން ހުއްޓާލަން ހަމަޖެއްސިކަމުގެ ހަބަރު ރައްޔިތުންނާ ހިއްސާކޮށްދެއްވުމަށް ރައީސް ސޯލިހު އޭނާގެ ގާތުގައި ދަންނަވާފައިވާ ކަމަށެވެ.

ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލަން ފެނަކައިގެ ބޯޑުން 2019 އަހަރުގެ ކުރީކޮޅު އޮތީ ނިންމާފައެވެ. ނަމަވެސް އެ ނިންމުމަށް އަމަލީ ސިފަ އައިސްފައި ނުވަނީ ކަމާބެހޭ އެހެން އިދާރާތަކުން އެކަމާ މެދު ގޮތެއް ނިންމާފައި ނުވުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިން އޮމިކްރޮންގެ އިތުރު ކޭސްތަކެއް ފެނިއްޖެ

ރާއްޖޭއިން އިތުރު ހަތަރު މީހުންނަށް ކޯވިޑް ގެ އައު ވޭރިއަންޓް އޮމިކްރޮން ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ...

ޤައުމަށް ހެޔޮއެދޭބަޔަކު މިހާލަތުގައި މަގުތަކަށް އެއްވެ މުޒާހަރާ ނުކުރާނެ – ރައީސް

ދިވެހި ރައްޔިތުންނާއި ޤައުމަށް ހެޔޮއެދޭ ބަޔަކު ކޯވިޑް-19ގެ ނުރައްކާ ބޮޑު މިޙާލަތުގައި އެއްވެ މުޒާހަރާ ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

ހުޅުދޫ ސައީދަށް ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމް ދެއްވައިފި

މަތީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ދާދީފަހުން މިނިސްޓްރީ އޮފް ޔޫތު ، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާގެ އެގްޒެކެޓިވް ޑިރެކްޓަރގެ ...